ރާއްޖޭގެ ޚަބަރު އޭޕީގެ "ރޯދަ ވޯރކްޝޮޕް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އޭޕީގެ "ރޯދަ ވޯރކްޝޮޕް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އޭޕީގެ "ރޯދަ ވޯރކްޝޮޕް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަދާލަތު ޕާޓީގެ ފަރާތުން ކުރިއަށް އޮތް ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "ރޯދަ ވޯރކްޝޮޕް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވި އެޕާޓީގެ އޮފިޝަލަކު ވިދާޅުވީ މިވޯރކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 10 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށާއި ބައިވެރިވާން ބޭނުން ފަރާތްތަކުން ނަމާއި އައިޑީ ކާޑް ނަންބަރު 7962675 ނަންބަރު ފޯނަށް އެސްއެމްއެސް ކުރުމުން ބައިވެރިވުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށެވެ.

މިވޯރކްޝޮޕްގައި ކިޔަވައި ދެއްވާނީ އޭޕީގެ ޢިލްމްވެރިންގެ މަޖްލިސްގެ ރައީސް އައްޝައިޚް އިލްޔާސް ހުސައިންއާއި ޑރ އަބްދުލް މަޖީދު އަބްދުލް ބާރީގެ އިތުރުން ޑރ މުޙައްމަދު އިޔާޟް އަބްދުއްލަތީފްއެވެ.

މިމަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 18:00 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިވޯރކްޝޮޕްއިން ރޯދައާއި ގުޅޭ ގިނަ މައުލޫމާތު ތަކެއް ލިބިގެން ދާނެކަމަށް މިކަން އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.

މިވޯރކްޝޮޕްގައި ރަޖިސްޓްރީވުމަށް -/250 ގެ ފީ އެއް ދައްކަން ޖެހެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.