ރާއްޖޭގެ ޚަބަރު ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ކީ އެސޯސިއޭޝަނުން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ކީ އެސޯސިއޭޝަނުން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ކީ އެސޯސިއޭޝަނުން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރިއަށް އޮތް ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ކަނޑުހުޅުދޫ އެންލައިޓެނިންގ ޔޫތް (ކީ) އެސޯސިއޭޝަންގެ ފަރާތުން ގއ ކަނޑުހުޅުދޫގައި ދީނީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މިހަރަކާތްތަކާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ކީ އެސޯސިއޭޝަންގެ ރައީސް މާނިއު އަބްދުﷲ ވިދާޅުވީ "ރަމަޟާންމަހަށް މަރުހަބާ" ނަމުގައި މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ މިހަރަކާތްތަކަކީ ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތްތަކެއް ކަމަށެވެ.

އެގޮތުން ޝައިޚް ނިމާލް މުޙައްމަދު، ޝައިޚް އަލީ ޒައިދު އަދި ޝައިޚް މުޙައްމަދު މަންސޫރާއެކު ކުރިއަށް ގެންދިޔަ މިހަރަކާތްތަކުގައި މިސްކިތުގައި ނަމާދަށްފަހު ދަރުސްތައް ކުރިއަށް ގެންދިޔުމުގެ އިތުރުން ހުކުރުދުވަހުގެރޭވަނީ "ރަމަޟާންމަހަށް ތައްޔާރުވުން" ނަމުގައި ފޯރަމެއްވެސް ކުރިއަށް ގެންގޮސްފައެވެ.

މިފޯރަމްގައި ކޮންމެ ޝައިޚްއަކުވެސް ރަމަޟާންމަހަށް ތައްޔާރުވުމާއި ނަފްސް އިސްލާހުކުރުމާއި ގުޅޭގޮތުން ވާހަކަދައްކަވާފައިވާއިރު ފޯރަމްގެ ބައިވެރިންގެ ސުވާލުތަކަށް ޖަވާބުދިނުންވެސް ކުރިއަށް ގެންދިޔައެވެ.

މާނިއު ވިދާޅުވީ ދަރުސްތަކާއި ފޯރަމްގެ އިތުރުން ޝައިޚުންނާއެކު ކުޑަކުދިންނަށް މަސްދަތުރު ދިއުންވެސް މިހަރަކާތުގެ ތެރެއިން ކުރިއަށް ދިޔަކަމަށެވެ.

ކީ އެސޯސިއޭޝަނަކީ ކަނޑުހުޅުދޫގައި ދީނީ އަދި އިޖްތިމާއީ ގޮތުން ތަފާތު ހަރަކާތްތަކެއް ހިންގަމުން އަންނަ ޖަމިއްޔާއެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.