ރާއްޖޭގެ ޚަބަރު

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވާން އެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

1439 ވަނައަހަރުގެ ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވާން އެދޭ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައިފިއެވެ.

މިކަމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ހާމަކޮށްފައިވަނީ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން 15 މެއި 2018 ވާ އަންގާރަ ދުވަހުގެ 12:00 އަށް އެފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި މިކަމަށް އެދޭ ފޯމް މިއަދުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް އެމިނިސްޓްރީއިން ދޫކުރަމުން ގެންދާނެ ކަމަށެވެ.

އަތޮޅުތަކުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން "ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމު" ފުރުއްވުމަށްފަހު އަތޮޅުތެރޭގައި ނަމަ އެރަށެއްގެ ރަށުކައުންސިލް މެދުވެރިކޮށް ފޯމް ހުށަހެޅުމަށް މިނިސްޓްރީއިން އެދެއެވެ. މާލޭގައި ނަމަ ފޯމު ހުށަހަޅާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ކަމަށާއި އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ގދ. ތިނަދޫގައި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ މަސައްކަތް ކުރިއަށްދާނީ އެމިނިސްޓްރީން ކަނޑައަޅާފައިވާ އިދާރާތަކުގައި ކަމަށް އެމިނިސްޓްރީއިން ބުނެއެވެ.

އައްޑޫ ސިޓީގައިިިި ކަނޑައަޅާފައިވާ އިިިިިިިިިިިިިިިިިިިިިިިިިދާރާތައް:

- ހިތަދޫ : މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / އައްޑޫސިޓީ ޔުނިޓް
- ހުޅުދޫ / މީދޫ : ނަސްރިއްޔާ ޕްރީސްކޫލް / ސ.ހުޅުދޫ
- މަރަދޫ / މަރަދޫފޭދޫ : ތަދްރީސުލް ޤުރްއާން ކްލާސް/ ސ. މަރަދޫ
- ފޭދޫ : ލޭންޑް އެންޑް ބިލްޑިންގ މުނިސިޕަލްޓީ ޑިޕާރޓްމަންޓް/ ސ. ފޭދޫ

ފުވައްމުލަކު ސިޓީގައިިިި، ފުވައްމުލަކު އުތުރު ދާއިރާ، މެދު ދާއިރާ އަދި ދެކުނު ދާއިރާގައި ފޯމް ދޫކުރުމާއި ބަލައިިިިިިިިިިިިިިގަތުން ކުރިއަށްދާނީ އެދާއިިިިިިިިިިިިިރާތަކުގައި ޤާއިމްކޮށްފައިހުރިލޭންޑް އެންޑް ބިލްޑިންގެ ހައުސިންގ ޔުނިޓްއިންނެވެ. ގދ. ތިނަދޫގައި ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް ފޯމު ދޫކުރުން ކުރިއަށްދާނީ ތިނަދޫ މީޑިއާ ސެންޓަރުގައެވެ.

ފޯމް ބަލައިގަތުން ކުރިއަށްދާނީ މިމަހުގެ 7 ން 15 އަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 12:00 އަށް ކަމަށް މިނިސްޓްރީއިން ބުނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *