ޖަމިއްޔަތުލް ފަލާޙުން އެޖަމިއްޔާގެ ބާނީ ޢަބޫބަކުރު އިބްރާހީމްގެ ހަނދާނުގައި ބާއްވާ ތުއްތު ކުދިންގެ 18 ވަނަ ޤުރުއާން މުބާރަތް ފަށައިފިއެވެ.
މާލޭގެ ހުރިހާ ޕްރީސްކޫލަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގައި 20 ސްކޫލަކުން ޖުމްލަ 98 ދަރިވަރުން ބައިވެރިވެފައިވެއެވެ.
ހަމައެކަނި ހިތުން ކިޔެވުމުގެ ގޮފި ކުރިއަށްގެންދާ މިމުބާރާތުގެ ކިޔެވުން މިއަދު ހަވީރުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ.
މިއީ ދަރިވަރުންގެ މެދުގައި ކީރިތި ޤުރުޢާނަށް ލޯބި ޖައްސާއި ކީރިތި ޤުރުޢާން ހިތުދަސްކުރުމަށް ހިތްވަރު ދިނުމާއި ތަޖްވީދުގެ ހަމަތަކާއި އެއްގޮތަށް ކީރިތި ޤުރުޢާން ކިޔަވަންދަންނަ ގިނަ ދަރިވަރުންތަކެއް އުފެއްދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...