ސުވާލާއި ޖަވާބު ޝަޢުބާން މަސް ދެބައިވުމަށްފަހު ރޯދަ ހިފުމަކީ ކޮންކަހަލަ ކަމެއްތޯ؟

ޝަޢުބާން މަސް ދެބައިވުމަށްފަހު ރޯދަ ހިފުމަކީ ކޮންކަހަލަ ކަމެއްތޯ؟

ޝަޢުބާން މަސް ދެބައިވުމަށްފަހު ރޯދަ ހިފުމަކީ ކޮންކަހަލަ ކަމެއްތޯ؟

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد

روى أبو داود (3237) والترمذي (73? وابن ماجه (1651) عَنْ أَبِي هُرَيْرَةَ رضي الله عنه أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( إِذَا انْتَصَفَ شَعْبَانُ فَلا تَصُومُوا ) . صححه الألباني في صحيح الترمذي

އަބޫދާވޫދާއި ތިރްމިޛީ އަދި އިބްނުމާޖާ ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ ރިވާ ކުރައްވާފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. "ޝަޢުބާން މަސް ދެބައިވުމުން ތިޔަބައިމީހުން ރޯދަ ނުހިފާ ހުށިކަމެވެ". މި ޙަދީޘް އަކީ ޝައިޚް އަލްބާނީ ޞައްޙަ ކަމަށް ވިދާޅުވެފައިވާ ޙަދީޘެކެވެ.

މިޙަދީޘުން ދޭހަވަނީ ޝަޢުބާން މަސް ދެބައިވުމުން ރޯދަހިފުން މަނާވެއްޖެ ކަމެވެ. މާނައަކީ ޝަޢުބާން މަހުގެ 16 ވަނަ ދުވަހުން ފެށިގެން ރޯދަ ހިފުން މަނާ ވުމެވެ.

ނަމަވެސް ބައެއް އެހެން ރިވާޔަތް ތަކުގައި ޝަޢުބާން މަހުގެ ފަހުބައިގާ ރޯދަ ހިފުން ހުއްދަވާނެ ކަން ދޭހަވާގޮތަށް އައިސްފައިވެއެވެ. އޭގެ ތެރޭގައި:

ما رواه البخاري (1914) ومسلم (1082) عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( لا تَقَدَّمُوا رَمَضَانَ بِصَوْمِ يَوْمٍ وَلا يَوْمَيْنِ إِلا رَجُلٌ كَانَ يَصُومُ صَوْمًا فَلْيَصُمْهُ)

ބުޚާރީ އާއި މުސްލިމް ރިވާ ކުރައްވާފައިވެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު- ރިވާ ކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ކުރިން ރޯދަ ހިފަމުން އައި މީހަކު ފިޔަވާ އެހެން މީހުން ރަމަޟާން މަހުގެ ކުރިން އެއްދުވަސް ނުވަތަ ދެދުވަހު ރޯދަ ނުހިފާ ހުށި ކަމެވެ".

މި ޙަދީޘް އިން ދޭހަވަނީ ޢާއްމު ކޮށް ރޯދަ ހިފަމުން އަންނަ މީހަކު ޝަޢުބާން މަހުގެ ފަހުބައިގައި ރޯދަ ހިފުމަކީ ހުއްދަ ކަމެއް ކަމެވެ. މިޘާލަކަށް ކޮންމެ ހޯމަ ބުރާސްފަތި ދެދުވަހު ރޯދަ ހިފާ މީހަކު، ނުވަތަ ދެދުވަހުން އެއްދުވަހު ރޯދަ ހިފާ މީހަކު ޝަޢުބާން މަހުގެ ފަހުބައިގާ ރޯދަ ހިފިޔަސްވެސް އެންމެ ރަނގަޅެވެ".

وروى البخاري (1970) مسلم (1156) عن عَائِشَةَ رَضِيَ اللَّهُ عَنْهَا قالت : ( كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَصُومُ شَعْبَانَ كُلَّهُ ، يَصُومُ شَعْبَانَ إِلا قَلِيلا ) .

ބުޚާރީ އާއި މުސްލިމް ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ. މާތް ﷲ ރުއްސުންލެއްވި ޢާއިޝާ رَضِيَ اللَّهُ عَنْهَا ގެ ކިބައިން ރިވާވެގެންވެއެވެ. "ޝަޢުބާން މަހު އެއްކޮށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ހިއްޕެވިއެވެ. ޝަޢުބާން މަހުގެ މަދު ދުވަހެއް ފިޔަވާ އެހެން ހުރިހާ ދުވަހަކު ރޯދަ ހިއްޕެވިއެވެ".

މި ޙަދީޘުން ދޭހަވަނީ ޝަޢުބާން މަސް ފެށިގެން ރޯދަ ހިފަމުން އަންނަ މީހަކު ޝަޢުބާން މަހުގެ ފަހުބައިގާ ރޯދަ ހިފިޔަސްވެސް އެންމެ ރަގަޅު ކަމެވެ.

އިސްވެދިޔަ ޙަދީޘް ތަކުގެ އަލީގައި އިމާމް ޝާފިޢީ- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "ޢާދަ ވެގެން ރޯދަ ހިފާމީހަކު ފިޔަވާ އަދި ޝަޢުބާން މަސް ފެށިގެން ރޯދަ ހިފަމުން އަންނަ މީހަކު ފިޔަވާ ޝަޢުބާން މަސް ދެބައިވުމުން ރޯދަ ހިފުން ހުއްދަވެގެން ނުވެއެވެ". والله أعلم

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.