ރާއްޖޭގެ ޚަބަރު

ރޯދަމަހު ނަމާދުކުރުމުގައި ދެމިނުހުރެވެނީ އަހަރުގެ އެހެންދުވަސްތަކުގައި ނަމާދުކުރުމުގެ ތަރުބިއްޔަތު ހަށިގަނޑަށް ދެވިފައިނުވާތީ: ޝައިޚް ސަލާމް

ރަމަޟާންމަހު ނަމާދުކުރުމުގައި ދެމިނުހުރެވެނީ ރެޔާއިދުވާލު ފަސް ވަގުތު ނަމާދުކުރުމުގެ ތަރުބިއްޔަތު އަހަރުގެ އެހެންދުވަސްތަކުގައި ހަށިގަނޑަށް ދެވިފައިނުވާތީ ކަމަށް އައްޝައިޚް އަބްދުއްސަލާމް ދާއޫދު ވިދާޅުވެއްޖެއެވެ.

ތ. ގުރައިދޫގައި ބޭއްވި "ޚާއްސަ މެހެމާން" ދަރުސްގައި ވާހަކަދައްކަވަމުން ޝައިޚް ސަލާމް ވިދާޅުވީ އަޅުގަނޑުމެންނަކީ މާއްދީ ޠަބީއީ ހަށިގަނޑަކާއެކު ރޫހާނިއްޔަތެއް ހުރިބައެއް ކަމަށާއި މިމާއްދީ ހަށިގަނޑަށް ތަރުބިއްޔަތު ބޭނުންވާ ކަމަށެވެ. އަދި ޤަވައިދުން އަޅުކަންކުރުމުގެ މިތަރުބިއްޔަތު ހަށިގަނޑަށްނުދީ، ހަމަ ކިތަންމެ މާތް ދުވަސްތަކެއް އަޔަސް ކިތަންމެ ފޯރީގައި އަޅުކަންކުރުމަށް އަޅުގަނޑުމެން ނިކުތް ކަމުގައިވިޔަސް އަޅުގަނޑުމެންނަކަށް އެކަމުގެ މަތީގައި ދެމިއެއް ނުތިބެވޭނެ ކަމަށް ޝައިޚް ވިދާޅުވިއެވެ.

"ދުނިޔަވީ ގޮތުން ބަލާނަމަ، ޕްރެކްޓިސްއަށް ޤަވައިދުން ޙާޟިރުނުވާނަމަ ކުޅެންވެސް ނާރުވާ، ޤަވައިދުން ޕްރެކްޓިސް ނުކުރެވޭނަމަ ފައިނަލަށް ނުދެވޭ ތަނުގައި ސެމީ ފައިނަލަށްވެސް ނުދެވި މުބާރާތުން ވަކިވާންޖެހޭ. އެހާލަތު އަޅުގަނޑުމެންނަށް ކޮންމެ ރަމަޟާންމަހެއްގައި ﷲ އަށް އަޅުކަންކުރުމުގައި ދިމާވާނަމަ ހިތާމައިގެ ކޮޅެއްވެސް ނެތް"

ޝައިޚް ސަލާމް ވިދާޅުވީ ރަމަޟާންމަހަށް ކިތަންމެ ބައިވަރު ކާއެއްޗެއް ގެއަށް ވައްދައި ކިތަންމެ ގިނަ ފަރުނީޗަރެއް އައުކުރިޔަސް ރަމަޟާންމަހުގައި އަޅުގަނޑުމެން ކުރަންއުޅޭ ހާސިލްކުރަން އުޅޭ މަޤްޞަދު ހާސިލްނުވެ ފެއިލްވާތަން ފެންނަމުންދާ ކަމަށާއި ރަމަޟާންމަހަށް ވަރުގަދަ ކުރަންޖެހެނީ ރޫހާނީ ބާރުކަމަށެވެ. އަދި އެއީ ﷲ ސުބްހާނަހޫ ވަތައާލާއަށް ރަމަޟާންމަހުގައި ކުއްތަންވުމުގެ ވަރުގަދަ ބާރު ކަމަށް ޝައިޚް ސަލާމް ވިދާޅުވިއެވެ.

ޝައިޚް ވިދާޅުވީ ޒަމާނުއްސުރެ މުސްލިމުން ގޮތުގައި ތިބީތީވެ، ދިވެހިންނަކީ ރަމަޟާންމަހަށް އެކިގޮތްގޮތުން އެމަހަށް ތައްޔާރުވަމުންދާ ބައެއްކަމަށެވެ. ރަމަޟާންމަހުގައި އަޅުގަނޑުމެންގެ ގޭތެރެ ސާފުކޮށްލާ، ރީތިކޮށްލާ ހިތްއުފާ ލިއްބައިދޭ ގޮތަށް ތަން ތައްޔާރުކުރުމާއި ރަމަޟާންމަހުގައި އިތުރަށް އުފައްދައިދޭ ޝައުޤެއްގެ ގޮތުގައި ރަހަތަފާތު ކޮށްލުމުގެ ގޮތުން މީރު ކާއެއްޗެހި ތައްޔާރުކޮށްލުމަކީ ނެތްކަމެއް ކަމަށް އަޅުގަނޑުމެން ނުދަންނަވަން ކަމަށާއި އެހެންނަމަވެސް ދާދި ދެންމެއަކު އަޅުގަނޑުމެން ކުލަލާ ނިންމާލުމަށްފަހުގައި ރަމަޟާންމަހަށް ވަކިން ގޭގައި ކުލަލައި އަޅުގަނޑުމެންގެ ބޭނުމަށް ކޮންމެހެން ފަރުނީޗަރު ބަދަލުކުރަން ނުޖެހޭއިރުވެސް ރަމަޟާންމަހަށް ގޭގެ ފަރުނީޗަރާއި ބަދިގޭ ސާމާނު ބަދަލުކޮށްލުމަކީ ބައެއް ބޭފުޅުން ކުރައްވަމުން ގެންދަވާ ކަންކަން ކަމަށާއި މިއީ އޭގެ ޒާތުގައި ގޯސްކަންކަން ކަމަށާއި އެއީ އިސްރާފާ ދިމާއަށް ދާދިއުމެއް ކަމަށް ޝައިޚްގެ ދަރުސްގައި ފާހަގަ ކުރެއްވިއެވެ.

ރަމަޟާން މަސް މަތިވެރިވެ އެމަހުގައިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި މާތްކަމާއި މަތިވެރިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިކަން އޮތުމުގެ ބޭނުމަކީ އަޅުގަނޑުމެން ބާކީ އޮތް 11 މައްސަރުތެރޭގައި ކަންކަމުގެ މަތިން ހަނދާން ނައްތާލާ ފަރުވާކުޑަކޮށްލާ ﷲ ސުބްހާނަހޫ ވަތައާލާއަށް ކުއްތަންވުމާއި ދުރުހެލިވުމެއްނޫން ކަމަށް ވިދާޅުވެ ޝައިޚްވަނީ ރަމަޟާންމަހެއް އައިސް ވަދެގެން އެމައްސަރުގެ ތެރޭގައި އަޅުގަނޑުމެން ދުވަސްތައް ހޭދަކުރުމަށްފަހުގައި އެރަމަޟާންމަސް ނިމި ދިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިއުމަށްފަހުގައި އަޅުގަނޑުމެން ގެ ހަޔާތަށް އަންނަނީ އެފަދަ މާތް މައްސަރެއްގައި ވަގުތު ހޭދަކުރުމުން ކޮން ބަދަލެއްތޯ އާއިމެދު ސުވާލު ކުރައްވާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *