ލިޔުނީ: ޙުސައިން ރަޝީދު
މޯލްޑިވްސް އިސްލާމިކް ބޭންކްގައި އެކައުންޓެއް ހުޅުވުމަށް ފުރަތަމަ ޖަމާކުރަންޖެހޭ ޢަދަދު އާންމުކޮށްފިއެވެ.
ސޭވިންގްސް އެކައުންޓް:
ޢާއްމު ފަރުދުން (ދިވެހި ރުފިޔާގެ އެކައުންޓެއްނަމަ): 1,000 ދިވެހި ރުފިޔާ
ޢާއްމު ފަރުދުން (އެމެރިކަން ޑޮލަރ އެކައުންޓެއްނަމަ): 100 ޔޫ.އެސް ޑޮލަރ
ކަރަންޓް އެކައުންޓް:
ޢާއްމު ފަރުދުން (ދިވެހި ރުފިޔާގެ އެކައުންޓެއްނަމަ): 2,500 ދިވެހި ރުފިޔާ
ޢާއްމު ފަރުދުން (އެމެރިކަން ޑޮލަރ އެކައުންޓެއްނަމަ): 250 ޔޫ.އެސް ޑޮލަރ
ކުންފުނިތައް:
ދިވެހި ރުފިޔާގެ އެކައުންޓެއްނަމަ: 5,000 ރުފިޔާ
އެމެރިކަން ޑޮލަރ އެކައުންޓެއްނަމަ: 500 ޔޫ.އެސް ޑޮލަރ
ނޯޓް: މަތީގައި ވާ މަޢުލޫމާތަކީ ހަވީރު ނޫހުން ނަގާފައިވާ މަޢުލޫމާތެވެ. އިސްލާމީ ބޭންކަކީ ދިވެހީންގެ ތެރެއިން ވަރަށް ގިނަ ބަޔެއްގެ، ޚާއްޞަކޮށް ދީނަށް ލޯބިކުރާ އަޚުންނާއި އުޚްތުންގެ ވަރަށް ބޮޑު ހުވަފެނަކަށް ވާތީ، ބޭންކުގެ އޮޕަރޭޝަންސްތަކާއިބެހޭ ތާޒާ، ފަހުގެ މަޢުލޫމާތު ގެނެސްދެވޭތޯ ދިއިސްލާމް ޓީމުން ދަނީ މާތްﷲގެ ވާގިފުޅާލައިގެން މަސައްކަތްކުރަމުންނެވެ.
ހަމަމިއާއިއެކު، މަތީގައި ވާ ޢަދަދުތަކަށް ބަލާލާއިރު، ދިވެހިރާއްޖޭގައި ހިންގަމުންދާ ބޭންކްތައް، ޚާއްޞަކޮށް ބޭންކް އޮފް މޯލްޑިވްސްގައި އެކައުންޓްތައް ހުޅުވުމަށް ބޭނުންވާ ޢަދަދަށްވުރެ، އިސްލާމީ ބޭންކުގައި އެކައުންޓެއް ހުޅުވުމަށް ބޭނުންވާ ޢަދަދު ވަރަށް ބޮޑު ތަން ބޮޑުކަމަށް ފެންނާތީ، މި ޢަދަދު ކުޑަކޮށް، އެންމެ އާދައިގެ މީހާގެވެސް "އަތްފޯރާފަށަށް" ތިރިކޮށް ދެއްވުމަށް، ބޭންކުގެ މަސްއޫލުވެރިންނާއި ބޭންކްގެ 15 އިންސައްތަ ހިއްސާވާ ދިވެހި ސަރުކާރަށްވެސް ގޮވާލަމެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...