ހަފްތާ ބަންދާއި ދިމާކޮށް ޖަމިއްޔަތުއް ސަލަފްއިން ކުރިއަށް ގެންދާ ހަފްތާ ބަންދު ދަރުސް މިފަހަރު ތިން ރަށެއްގައި ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި މިފަހަރު ހަފްތާ ބަންދު ދަރުސްތައް ކުރިއަށްދާނީ ގއ. ގެމަނަފުށި، ތ. ގުރައިދޫ އަދި ލ. ފޮނަދޫގައެވެ.
ތ. ގުރައިދޫގައި އައްޝައިޚް އަބްދުއްސަލާމް ދާއޫދު ދަރުސްދެއްވާނީ "ހާއްސަ މެހެމާން" މިމައުޟޫއަށެވެ. ހުކުރުދުވަހުގެރޭ 20:15 ގައި ފެށުމަށް ހަމަޖެހިފައިވާ މިދަރުސްއޮންނާނީ ގުރައިދޫ ބަނދަރު ސަރަހައްދުގައެވެ.
ލ. ފޮނަދޫގައި އައްޝައިޚް އަހުމަދު ސަމީރު ބިން އިބްރާހިމް ދަރުސް ދެއްވާނީ "ބަނގުރޫޓު ވެފައިވާ މީހާ" މިމައުޟޫއަށެވެ. ފޮނަދޫ މެދުއަވަށު މިސްކިތުގެ ބޭރުން އޮންނަ ހުސްތަނުގައި ކުރިއަށް ދާ މިދަރުސް އޮންނާނީ ހުކުރުދުވަހުގެރޭ 20:30 ގައެވެ.
ގއ. ގެމަނަފުށީގައި ދަރުސް ދިނުމަށް ހަމަޖެހިފައިވަނީ އައްޝައިޚް މުހައްމަދު ޝިނާންއެވެ.
ސަލަފްގެ ހަފްތާ ބަންދު ދަރުހަށް ރިކުއެސްޓް ކުރަން ބޭނުންވާ ފަރާތްތަކުން އެޖަމިއްޔާގެ ވެބްސައިޓުގައި އެކަމަށް ހާއްސަކޮށްފައިވާ ފޯމުން ރިކުއެސްޓް ކުރެވޭނެކަމަށް އެފަރާތުން ބުނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...