ކުރިއަށް އޮތް ރަމަޟާންމަހު މުޖުތަމަޢުގައި ދިރިއުޅޭ، އަމިއްލަ ޟަރޫރީ ޙާޖަތްތައް ފުއްދުމުގައި ދަތި ކަން ތަޙައްމަލު ކުރަމުންދާ ޢާއިލާތަކަށް އެހީތެރިވެ ލުއިކަން ހޯދައިދިނުމުގެ މަޤްޞަދުގައި ޖަމިއްޔަތުއް ސަލަފްއިން ހާއްސަ ހަރަކާތެއް ހިންގުމަށް ހަމަޖެހިއްޖެއެވެ.
ސަނާބިލް ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިހަރަކާތާއި ގުޅޭގޮތުން ޖަމިއްޔަތުއް ސަލަފްގެ ފަރާތުން މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ މުޅި ރާއްޖެއަށް ޢަމާޒު ކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ، އެހީތެރިކަން ބޭނުންވާ އާއިލާތަކަށް ރަމަޟާން މަހަށް ބޭނުންވާ ކާބޯތަކެތި ހިލޭ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށާއި ޕޮއިންޓު ލިބޭ އުސޫލުން ކުރިއަށްގެންދާ މިޕްރޮގްރާމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށްޓަކައި ، ޝަރުޠު ހަމަވާ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެހީ ދޭނެ އާއިލާތައް ކަނޑައަޅާނީ ހުށަހަޅާ ފޯމްގައިވާ މައުލޫމާތުތައް ދިރާސާކުުރުމަށްފަހުގައެވެ. އެހީތެރިކަމަށް އެދި ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚްއަކީ މެއި މަހުގެ 10 ވަނަ ދުވަހެވެ.
ސަލަފުން ހާމަކުރިގޮތުގައި ސަނާބިލް ޕްރޮގްރާމްއަކީ ބައެއް ވިޔަފާރިވެރިންނާއި ހެޔޮއެދޭ އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާއި އެކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ސަނާބިލް ޕްރޮގްރާމްގެ ފޯމް ޑައުންލޯޑް ކުރުމަށް:
ކޮމެންޓް (0)
ލޯޑް ކުރަމުން...