ދިވެހިރާއްޖެއަށް އިސްލާމްދީން ނޫން އެހެން ދީންތައް ގެނައުމަށް ގޮވާލާ މީހުންނާއި އެފަރާތްތަކަށް އެކަމުގައި ވާގިވެރިވާ އެންމެހައި މީހުންނަކީ އިސްލާމްދީނުގެ އަދުއްވުން ކަމުގައި އައްޝައިޚް ހަސަން މޫސާ ފިކްރީ ވިދާޅުވެއްޖެއެވެ.
ޖަމިއްޔަތުއް ސަލަފްގެ ނައިބް ރައީސް ޝައިޚް ފިކްރީ މިފަދައިން ވިދާޅުވީ އީޔޫގެ އިލެކްޓޯރަލް ފޮލޯއަޕް މިޝަނުން މިދިޔަ ޖެނުއަރީ މަހު ރާއްޖެ އަށް ކުރި ދަތުރަށް ފަހު އާންމުކުރި ރިޕޯޓާއި ގުޅިގެންނެވެ. އެރިޕޯޓުގައި ވަނީ މުސްލިމް ނޫން މީހުންނަށް ވެސް ދިވެހި ރައްޔިތުކަން ލިބޭ ގޮތަށް ހެދުމަށާއި އިސްލާމްދީނުގެ ސުންނަތް ޖަމާއަތުގެ މީހަކަށް ނުވިޔަސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެވޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހުކުރުމަށް ލަފާދީފައެވެ.
މިކަމަށް ރައްދު ދެއްވާ ޝައިޚް ފިކްރީ ވިދާޅުވީ ރާއްޖެއަށް އެހެންދީންތައް ގެންނަން ގޮވާލާ އެކަމަށް ވާގިވެރިވާ މީހުންނަކީ ދީނުގެ އަދުއްވުން ކަމަށާއި އެފަދަ އެންމެންގެ ކިބައިން ބަރީއަވެގެންވާ ކަމަށެވެ.
މިމައްސަލާގައި ރާއްޖޭގެ އެހެން ދީނީ ދަންނަބޭކަލުންވެސް ވަނީ އެރިޕޯޓުގައި ފާހަގަކޮށްފައިވާ އިސްލާމީއުޞޫލުތަކާއި ޚިލާފު ނުކުތާތަކަށް އިންކާރުކުރައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...