ޖަމްޢިއްޔަތުއްސަލަފުގެ "ހަފްތާ ދަތުރު" ގެދަށުން އދ.މާމިނގިލީގައި ރޭ ދަރުސެއްބާއްވައިފިއެވެ. އެރަށު ޢިޖްތިމާޢީ މަރުކަޒުގައި ރޭއޮތް މިދަރުސަށް ވަރަށް ގިނަ ބޭފުޅުން ހާޒިރުވިކަމަށް ރާއްޖެއިސްލާމަށްވަނީ ޚަބަރުލިބިފައެވެ. މިހާތަނަށް ދީނީ ދަރުސަކަށް މީހުން ނުދާވަރަށް ރޭގައިދިޔަކަމަށްވެއެވެ. އަދި މަރުކަޒުގެ އެތެރެފުރިގެން ބޭރުގައި ބަހައްޓާފައިހުރި ބޮޑުސްކްރީނުންވެސް ވަރަށްގިނަ ބޭފުޅުން ދަރުސް ބަލަމުންދިޔައެވެ.
މިދަރުސް ބޭއްވުމުގައި އެރަށުން އިސްވެޙަރަކާތްތެރިވެފައިވަނީ މާމިނގިލީ އިސްލާމިކް ފައުންޑޭޝަނުންނެވެ. މިދަރުސް ބޭއްވުމުގައި ރަށުގެ ވަރަށް ގިނަރައްޔިތުން އެހީތެރިވެދީފައިވެއެވެ.
ދަރުސް ދެއްވާފައިވަނީ އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...