ރާއްޖޭގެ ޚަބަރު ސޫރިޔާގައި ދިން ކެމިކަލް ހަމަލާ ހަރުކަށިކޮށް ކުށްވެރިކުރަން: ރާއްޖެ

ސޫރިޔާގައި ދިން ކެމިކަލް ހަމަލާ ހަރުކަށިކޮށް ކުށްވެރިކުރަން: ރާއްޖެ

ސޫރިޔާގައި ދިން ކެމިކަލް ހަމަލާ ހަރުކަށިކޮށް ކުށްވެރިކުރަން: ރާއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސޫރިޔާގެ އިރުމަތީ ޣޫތާގެ ދޫމާކިޔާ ރަށަށް ހޮނިހިރު ދުވަހުދިން ކެމިކަލް ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ހޮނިހިރުދުވަހު އިރުމަތީ ޣޫތާގައި ދިން ކެމިކަލް ހަމަލާގައި ކުށެއްނެތް އެތަކެއް އަންހެނުންނާއި ކުޑަކުދިން މަރުވެފައިވާތީ، އެހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށާއި އެފަދަ އަނިޔާވެރި ޢަމަލުތައް ހުށްޓުވުމަށާއި އެންމެނަށް ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ކުރާ މަސައްކަތުގައި ރާއްޖެއިން ބައިވެރިވާ ކަަމަަށެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ހާމަކޮށްފައިވާ ގޮތުގައި ހޮނިހިރުދުވަހުގެ ހަމަލާގައި މިހާތަނަށް 150 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު 1000 އަށްވުރެ ގިނަ މީހުންނަށްވަނީ ގޭހުގެ އަސަރުކޮށްފައެވެ. މިހަމަލާގައި ބޭނުންކޮށްފައިވަނީ ނުރައްކާތެރި ކެމިކަލް ހަތިޔާރެއް ކަމަށްވާ ސެރިން ގޭހެވެ.

އިރުމަތީ ޣުތާއަކީ ބައްޝާރުއާއި އިދިކޮޅަށް ހަނގުރާމަކުރާ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި މިހާރު އޮތް ހަމަ އެކަނި ތަނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.