ރާއްޖޭގެ ޚަބަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ ޙަލާލް މެނޭޖްމަންޓް ކޮންފަރެންސެއް ބާއްވަނީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ ޙަލާލް މެނޭޖްމަންޓް ކޮންފަރެންސެއް ބާއްވަނީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ ޙަލާލް މެނޭޖްމަންޓް ކޮންފަރެންސެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިޔާއާއި މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކު ފައިނޭންސް އާއި ގުޅިގެން އިންޓަރނޭޝަނަލް ޙަލާލް މެނޭޖްމަންޓު ކޮންފަރެންސެއް ރާއްޖޭގައި ބޭއްވުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިދިޔަ ހޯމަދުވަހު އެމްއެންޔޫގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސްޗާންސެލަރ ޑރ. ޢަލީ ފަވާޒު ޝަރީފެވެ. ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިޔާގެ ފަރާތުން އެޔުނިވަރސިޓީގެ ޑީން ޕޮރްފެސަރ އާމިރު ޝަހަރުއްދީން ސޮއިކުރެއްވި އިރު މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކު ފައިނޭންސްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ޑައިރެކްޓަރ އިބްރާހިމް ދީދިއެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މިކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރު ޖުލައި 17 އިން 18އަށް މާލޭގައެވެ.

"ސަސްޓެއިނިންގ ގުލޯބަލް ޙަލާލް އީކޯސިސްޓަމް" ގެދަށުންބާއްވާ މިކޮންފަރެންސްގައި ޢިލްމީ ދިރާސާތައް ހުށަހަޅައި ދުނިޔޭގެ ކުންފުނިތަކުން ޙަލާލްގެ މިންގަނޑުތައް ބޭނުންކުރާގޮތުގެ މަޢުލޫމާތުލިބިގެންދާނެއެވެ. އަދި ދުނިޔޭގައި "ޙަލާލް ކޮންސެޕްޓު"ގެ އުފެންދުންތަކަށް 2.77 ޓުރިލިއަން ޑޮލަރުގެ މާރކެޓައް އޮވެ މިފަދަ މާރކެޓަކަށް ވިޔަފާރިތަށް އަހުލުވެރިކުރެވިދާނެ ދިރާސާތައް ހުށަހަޅައިދޭނެ މުހިންމު ކޮންފަރެންސަކަށްވެގެންދާނެ ކަމަށް މިކަން އިންތިޒާމްކުރާ ފަރާތްތަކުން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.