ރާއްޖޭގެ ޚަބަރު ބޮޑުތަކުރުފާނު މަގުގައި ހަތަރު ލޭނަށް ދުއްވޭގޮތަށް ބަދަލުކުރަނީ

ބޮޑުތަކުރުފާނު މަގުގައި ހަތަރު ލޭނަށް ދުއްވޭގޮތަށް ބަދަލުކުރަނީ

ބޮޑުތަކުރުފާނު މަގުގައި ހަތަރު ލޭނަށް ދުއްވޭގޮތަށް ބަދަލުކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލެ ބޮޑުތަކުރުފާނު މަގުގައި ތާރުއަޅައި އަލުން ތަރައްޤީކޮށް ނިމޭއިރު ހަތަރު ލޭނަށް ވެހިކަލް ދުއްވޭގޮތަށް ހަމަޖައްސައިފިއެވެ.

އެގޮތުން ހައުސިންގ މިނިސްޓަރ ޑރ މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައިވަނީ ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރާގޮތުގެ ކުރެހުންތަކެއް ހިއްސާކުރައްވާފައެވެ.

ރިންގްރޯޑެއް ގޮތަށް ބޮޑުތަކުރުފާނުމަގު ތަރައްގީކުރާ އިރު، އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ސަލްމާން ރަސްގެފާނު މިސްކިތާ ހަމައަށް ބޮޑުތަކުރުފާނުމަގު ތަރައްގީކުރަނީ ހަތަރު ލޭނު ހަދައިގެންނެވެ. އެއީ ކޮންމެ ކޮޅަކަށް ދުއްވާ ދެ ލޭނެވެ. އަދި މަގުގެ މެދު ފާހަގަކުރުމަށް ސިމެންތި ސްޓްރިޕެއް ލާނެ ކަމަށް މިނިސްޓަރު ހިއްސާކުރެއްވި ފޮޓޯގައިވެއެވެ.

މީގެ އިތުރުން އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ސަލްމާން ރަސްގެފާނު މިސްކިތާ ހަމައަށް، ބޮޑުތަކުރުފާނުމަގުގެ ދެ ފަރާތުގައި 450 ވަރަކަށް ގަސް އިންދާނެކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މާލޭ އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ބްރިޖާ ހަމައަށް، ބޮޑުތަކުރުފާނު މަގު ފުޅާކޮށް މި މަހުގެ ތެރޭގައި ތާރު އަޅަން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ މީގެކުރިން ބުނެފައެވެ. އަދި ބްރިޖް ނިމެންވާއިރަށް ބޮޑުތަކުރުފާނު މަގުގެ މަސައްކަތްވެސް ނިމޭނެކަމަށް ހައުސިން މިނިސްޓްރީއިންވަނީ ބުނެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.