ރާއްޖޭގެ ޚަބަރު ކަލައިދޫ މިސްކިތުގެ ގޯތިތެރެއިން ބުދުތަކެއް ފެނިއްޖެ

ކަލައިދޫ މިސްކިތުގެ ގޯތިތެރެއިން ބުދުތަކެއް ފެނިއްޖެ

ކަލައިދޫ މިސްކިތުގެ ގޯތިތެރެއިން ބުދުތަކެއް ފެނިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލ ކަލައިދޫ ހުކުރު މިސްކިތް މަސްޖިދުލް ހުދާގެ ގޯތިތެރެއިން ބުދުތަކެއް ފެނިއްޖެއެވެ.

މިކަމާއި ގުޅޭގޮތުން އެރަށުގެ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މަސްޖިދުލް ހުދާގެ ގޯތި ތެރެއިން ބުދުތަކެއް ފެނިފައިވަނީ މިސްކިތަށް އިތުރު ކުރާ ފެންޑާއެއް ހަދަން ފައުންޑޭޝަން އަޅަން މިސްކިތުގެ ގޯތިތެރެ ކޮނުމުގެ މަސައްކަތް ކުރަމުންދަނިކޮށް ކަމަށެވެ. އަދި މިސްކިތުގެ ގޯތިތެރެއިން ފެނުނު ދެ ބުދަކީ ގާތްގަނޑަކަށް އެއް ފޫޓުގެ ދިގުމިނުގެ ބުދަކާއި އަށް އިންޗީގެ ދިގުމިނުގެ ބުދެއް ކަމަށް އެފަރާތުން ހާމަކުރެއެވެ.

މިސްކިތުގެ ގޯތިތެރެއިން ފެނުނު ބުދުތައް ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރިއިރު އެކަމާއި ގުޅޭ މައުލޫމާތު ހެރިޓޭޖް ޑިޕާޓްމަންޓަށް ފޯރުކޮށްދީފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

ކަލައިދޫ ހުކުރު މިސްކިތް މަސްޖިދުލް ހުދާއަށް ފެންޑާއެއް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދަނީ މިސްކިތަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.