ދަރުސް ޚަބަރު ޙަދީޘް ކްލާސް މިރޭ އިޝާ ނަމާދަށްފަހު ޖަލާލުއްދީން މިސްކިތުގައި، إن شاء الله

ޙަދީޘް ކްލާސް މިރޭ އިޝާ ނަމާދަށްފަހު ޖަލާލުއްދީން މިސްކިތުގައި، إن شاء الله

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ސިލްސިލާ ގޮތެއްގައި މާލޭގައި ކުރިއަށް ގެންދާ ޕްރޮގްރާމްތަކުންގެ ދަށުން، މުސްލިމުންގެ ގުޅުމުގެ ފަރާތުން އިންތިޒާމްކޮށްގެން ކޮންމެ ހޮނިހިރު ދުވަހެއްގެ އިޝާ ނަމާދަށްފަހު، ޖަލާލުއްދީން މިސްކިތުގައި ބާއްވަމުން ގެންދާ ޙަދީޘް ކްލާސް، މިރޭ އިޝާނަމާދަށްފަހު، إن شاء الله އޮންނާނެއެވެ. މިކްލާހުގައި ކިޔަވައި ދެއްވަނީ ދި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ލެކްޗަރަރ އެއްކަމުގައިވާ ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އެވެ. ޢާއްމުކޮށް ހުޅުވާލެވިގެން ކުރިއަށްގެންދާ މިކްލާހުގައި، ދަރުސް ނަންގަވައިދެއްވަނީ އިމާމް އަލްޙާފިޛް އިބްނު ޙަޖަރުގެ "ބުލޫޣުލް މަރާމް" ޙަދީޘް ފޮތުންނެވެ. މިކްލާހުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް މުސްލިމުންގެ ގުޅުމުން އެދިލައްވައެވެ.

_____________________________________________________________________________________

ޙަދީޘް ކްލާސް

ކިޔަވައި ދެއްވަނީ : ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް

ތަން : ޖަލާލުއްދީން މިސްކިތް

ގަޑި : ކޮންމެ ހޮނިހިރު ދުވަހެއްގެރޭ އިޝާ ނަމާދަށްފަހު، إن شاء الله

ނޯޓް : ކިޔަވައި ދެއްވާ ލެކްޗަރަރ ބައެއް ހަފްތާ ބަންދުތަކުގައި، ރަށުން ބޭރުގައި ދަޢުވަތުގެ އެހެން ހަރަކާތްތަކުގައި މަޝްޢޫލުވެއުޅުއްވުމުގެ ސަބަބުން މިކްލާސް އެފަދަ ދުވަސްތަކުގައި ކުރިއަށް ނުގެންދެވުމަކީ އެކަށީގެންވާ ކަމެކެވެ.

ޓެގް

ޙަދީޘް ކްލާސް ދަރުސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.