ދަރުސް ޚަބަރު ޤުރުއާން ތަފްޞީރު ކްލާސް މާދަމާ އަސްރު ނަމާދަށްފަހު އިބްރާހީމީ މިސްކިތުގައި، إن شاء الله

ޤުރުއާން ތަފްޞީރު ކްލާސް މާދަމާ އަސްރު ނަމާދަށްފަހު އިބްރާހީމީ މިސްކިތުގައި، إن شاء الله

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ސިލްސިލާ ގޮތެއްގައި މާލޭގައި ކުރިއަށް ގެންދާ ޕްރޮގްރާމްތަކުންގެ ދަށުން، ކޮންމެ ހުކުރު ދުވަހެއްގެ އަސްރު ނަމާދަށްފަހު، އިބްރާހީމީ މިސްކިތުގައި ބާއްވަމުން ގެންދާ ތަފްޞީރު ކްލާސް، މާދަމާ إن شاء الله އޮންނާނެއެވެ. މިކްލާހުގައި ކިޔަވައި ދެއްވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ލެކްޗަރަރ އެއްކަމުގައިވާ ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އެވެ. މިއީ ޢާއްމުކޮށް ހުޅުވާލެވިގެން ކުރިއަށްގެންދާ ކްލާހެކެވެ. މިކްލާހަކީ ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ މާނަ ތަފްޞީރުކުރެވި، ޢިލްމީ ގޮތުން ވަރަށް މުހިންމު މަޢުލޫމާތުތަކެއް ލިއްބައިދޭ ކްލާހަކަށްވާތީ، މިކްލާހުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

_____________________________________________________________________________________

ޤުރުއާން ތަފްޞީރު ކްލާސް

ކިޔަވައި ދެއްވަނީ : ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް

ތަން : އިބްރާހީމީ މިސްކިތް

ގަޑި : ކޮންމެ ހުކުރު ދުވަހެއްގެ އަސްރު ނަމާދަށްފަހު، إن شاء الله

ނޯޓް : ކިޔަވައި ދެއްވާ ލެކްޗަރަރ ބައެއް ހަފްތާ ބަންދުތަކުގައި، ރަށުން ބޭރުގައި ދަރުސް ދެއްވަން އުޅުއްވުމުގެ ސަބަބުން މިކްލާސް އެފަދަ ދުވަސްތަކުގައި ކުރިއަށް ނުގެންދެވުމަކީ އެކަށީގެންވާ ކަމެކެވެ.

ޓެގް

ދަރުސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.