އިސްލާމީ ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ބައިނަލްއަޤްވާމީ މަޖައްލާ "އަލް މަންހަޖް" އަލުން ނެރެފިއެވެ.
މިމަޖައްލާ ނެރެދެއްވާފައިވަނީ މިއަދު އައިޔޫއެމްގައި ފެށި އިސްލާމީ ހޭލުންތެރިކުރުމާއިބެހޭ ބައިނަލްއަޤްވާމީ މަހާސިންތާގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުއެވެ.
ދިވެހި، އިނގިރޭސި އަދި އަރަބި ބަހުން ނެރޭ މިމަޖައްލާއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އައިޔޫއެމްގެ ޗާންސެލަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިމަޖައްލާ ވެގެންދާނީ ޢިލްމީ ދިރާސާތައް ޝާޢިއުކުރާ ޢާލިމުންނާއި މުފައްކިރުންނަށް ލިބޭނެ ތަނަވަސް ދޮރަކަށް ކަމަށެވެ.
މީގެ އިތުރުން މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ ސައީދުވަނީ އައިޔޫއެމްގެ ޚަބަރުތައް ގެނެސްދޭ "އަދާހަމަ" މަޖައްލާވެސް ނެރެދެއްވާފައެވެ.
"އަލް މަންހަޖް" އަކީ ކުރީގެ މައުހަދުން ނެރެމުންއައި މަޖައްލާއެވެ. މައުހަދު އިސްލާމީ ޔުނިވަރސިޓީއަށް ބަދަލުވެ މައުހަދުން ނެރުނު މަޖައްލާވެސް މިވަނީ ތަރައްޤީވެފައެވެ. އެގޮތުން މިހާރުގެ މަޖައްލާވެފައިމިވަނީ އެކިދާއިރާތަކުގެ ޢިލްމީ ރިސާޗަށް ބިނާކޮށްގެން ތިން ބަހުން ނެރެމުންދާ މަޖައްލާއަކަށް ވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...