މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ މީހުން ޙައްޖުގެ އަޅުކަމަށްފަހު މާލެއަންނަން ފަށައިފިއެވެ.
އެގޮތުން އިއްޔެވަނީ ހަވީރުގެ ވަގުތެއްގައިވަނީ ޙައްޖު ކޯޕަރޭޝަންގެ ފުރަތަމަ ކޯޓާގައި ހައްޖަށްދިޔަ މީހުންގެ ތެރެއިން 210 މީހަކުވަނީ މާލެ އައިސްފައެވެ. އަދި މާދަމާ އާއި ހޯމަ ދުވަހުވެސް ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށްދިޔަ މީހުން މާލެ އައުމަށް ހަމަޖެހިފައިވާއިރު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށްދިޔަ މީހުން މާލެ އައިސް ނިމޭނީ މިމަހުގެ 29 ގައެވެ.
މިއަހަރުގެ ޙައްޖަށް މީހުން ގެންދިޔުމަށް ފުރަތަމަ ކޯޓާގެ ގޮތުގައި 700 ޖާގަ ކޯޕަރޭޝަނަށް ދިންއިރު ފަހުން ރާއްޖެއަށް ލިބުނު 1000 ކޯޓާއިން ކޯޕަރޭޝަނަށްލިބުނު 500 ޖާގައިން 300 މީހުންވަނީ ޙައްޖަށް ގޮސްފައެވެ.
ޙައްޖު ކޯޕަރޭޝަންގެ އިތުރުން މިއަހަރު ޙައްޖަށް މީހުން ގެންދަން ކޯޓާދިން ތިން ޖަމާޢަތުގެ ތެރެއިން ޒަޢީ ގްރޫޕުގެ ހަވާލުގައި ޙައްޖަށްދިޔަ މީހުން ބުރާސްފަތިދުވަހު މާލެ އައިސްފައިވާ ވާއިރު ސިސިލްފަރު ހައްޖު ގްރޫޕްގެ ހަވާލުގައި ހައްޖަށް ދިޔަމީހުން މިމަހުގެ ދިހަވަނަ ދުވަހު އަންނަންވަނީ ހަމަޖެހިފައެވެ. އަދި ޙަރަމައިން ގްރޫޕްގެ ހައްޖުވެރިން މާލެއައުމަށް ހަމަޖެހިފައިވަނީ މިމަހުގެ އެގާރަވަނަ ދުވަހުއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...