ޙައްޖުގެ އަޅުކަމަށްފަހު ހައްޖުވެރިން އެނބުރި މާލެ އަންނަން ފަށައިފިއެވެ.
އެގޮތުން މިއަދު އެންމެ ފުރަތަމަ އައިސްފައިވަނީ ޒައީ ޖަމާއަތުގެ ހަވާލުގައި ޙައްޖަށްދިޔަ ޙައްޖުވެރިންނެވެ. ކުރިން އޮތް ގޮތުން މިގްރޫޕްގެ ޙައްޖުވެރިން އައުމަށް ހަމަޖެހިފައި އޮތީ ރޭގައެވެ.
ޒައީ ގްރޫޕްގެ ހަވާލުގައި ހައްޖަށްދިޔަ 96 މީހުން ރޭ އިރާކޮޅު ޖިއްދާއިން ފުރައިގެން ލަންކާގައި ޓްރާންސިޓް ކުރުމަށްފަހު މާލެ އައިސްފައިވަނީ މިއަދު ހެނދުނެވެ.
ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށްދިޔަ 1000 މީހުން ހުކުރު ދުވަހުން ފެށިގެން މާލެ އަންނަން ފަށާނެއެވެ. އަދި ސިސިލްފަރު ހައްޖު ގްރޫޕްގެ ހަވާލުގައި ދިޔަ ހައްޖުވެރިން ރާއްޖެ އަންނަން ހަމަޖައްސާފައި ވަނީ އަންނަ އާދިއްތަދުވަހު އެވެ. އަލް ހަރަމައިންގެ ހައްޖުވެރިން އެނބުރި އަންނާނީ ހޯމަ ދުވަހު އެވެ.
ޙައްޖު ކޯޕަރޭޝަންގެ އިތުރުން މިއަހަރު ރާއްޖެއިން ޙަައްޖަށް މީހުން ގެންދިޔުމަށް ކޯޓާ ދީފައިވަނީ ތިން ގްރޫޕަށް ކޮންމެ ގްރޫޕަކަށް 100 ކޯޓާއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...