ރާއްޖޭގެ ޚަބަރު މިސްކިތްތަކުގައި ގުނޫތު ނާޒިލާ ކިޔުމަށް އަންގައިފި

މިސްކިތްތަކުގައި ގުނޫތު ނާޒިލާ ކިޔުމަށް އަންގައިފި

މިސްކިތްތަކުގައި ގުނޫތު ނާޒިލާ ކިޔުމަށް އަންގައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރޮހިންގިޔާ މުސްލިމުންނަށް މިޔަންމާގެ ސަލާމަތީ ބާރުތަކާއި ހައްދުފަހަނަ އަޅާފައިވާ ބުޑިސްޓުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި މިރެއިން ފެށިގެން ނަމާދުގައި ގުނޫތު ނާޒިލާ ކިޔަން އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

މިކަމާއި ގުޅޭގޮތުން އެމިނިސްޓްރީއިން ނެރެފައިވާ ސަރކިއުލަރއެއްގައި ބުނެފައިވަނީ އެމިނިސްޓްރީއިން ވަކި ގޮތެއް އަންގަންދެން މިރެއިން ފެށިގެން އަޑު ހަރުކޮށް ކިޔަވައި ނަމާދު ތަކުގެ ފަހު ރަކުއަތުގެ، އިއުތިދާލުގައި ގުނޫތު ނާޒިލާ ކިޔަމުން ގެންދިޔުމަށް އަންގާ ކަމަށެވެ.

ގުނޫތު ނާޒިލާގެ ގޮތުގައި ކިޔަންވީ ދުޢާ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފަ އެވެ.

މިޔަންމާގެ ސަލާމަތީ ބާރުތަކުންނާއި ބުޑިސްޓުން ރޮހިންގިޔާ މުސްލިމުންގެ އެތައް ބައެއް ދިރި ތިއްބާ ކަތިލާ އަންދަމުންދާއިރު އެތައް ހާސް މުސްލިމުންނެއް އެއަނިޔާވެރިކަމުން ސަލާމަތްވުމަށް އަވަށްޓެރި ބަންގްލަދޭޝްއަށް ދަނީ އެތެރެވަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.