ރާއްޖޭގެ ޚަބަރު އިސްލާމީ އުޞޫލުތަކާއި އެއްގޮތަށް ދަނގެތީގައި އަޟްހާ ޢީދު ފާހަގަކޮށްފި

އިސްލާމީ އުޞޫލުތަކާއި އެއްގޮތަށް ދަނގެތީގައި އަޟްހާ ޢީދު ފާހަގަކޮށްފި

އިސްލާމީ އުޞޫލުތަކާއި އެއްގޮތަށް ދަނގެތީގައި އަޟްހާ ޢީދު ފާހަގަކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އދ ދަނގެތި ޖަމިއްޔަތުލް ޤަލަމްއިން އިސްނަގައިގެން އެރަށުގައި އިސްލާމީ އުޞޫލުތަކާއި އެއްގޮތަށް މިއަހަރުގެ އަޟްހާ އީދު ފާހަގަކޮށްފިއެވެ.

ދިއިސްލާމަށް މައުލޫމާތު ދެއްވަމުން އެޖަމިއްޔާގެ މުއައްސިސެއް ކަމުގައިވާ އަހުމަދު ސަވާދު އާދަމް ވިދާޅުވީ ޖަމިއްޔަތުލް ޤަލަމާއި އެރަށުގެ އެހެންވެސް މުއައްސަސާތަކާއި ގުޅިގެން މިފަހަރުވެސް އިސްލާމީ އުޞޫލުތަކާއި އެއްގޮތަށް ޢީދު ފާހަގަކުރުމުގެ ހަރަކާތްތައް ދަނގެތީގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މިއަހަރުގެ އަޟްހާ ޢީދުގެ ހަރަކާތްތައް ދަނގެތީގައި ފަށާފައިވަނީ މައިދާނުގައި ކުރެވުނު ޢީދު ނަމާދުންނެވެ. އެއަށްފަހުގައި ޢީދު ދުވަހުވަނީ އުޟްހިޔާ ކަތިލުމުގެ ހަރަކާތެއް ހިންގާފައެވެ. ހެޔޮއެދޭ ފަރާތެއްގެ ދީލަތި އެހީއާއެކު ކުރިއަށްދިޔަ މިހަރަކާތުގައި އުޟްހިޔާގެ ގޮތުގައި ތިން ބަކަރި ކަތިލާފައިވާއިރު އެއިގެ މަސްކެއްކުމަށްފަހުގައި ބޮނޑި ބަތާއެކު ރަށުގެ ހުރިހާ ގެޔަކަށް ބިދޭސީންވެސް ހިމެނޭގޮތަށްވަނީ ބަހާފައެވެ.

ދަނގެތީގައި ކުރިއަށްދިޔަ އުޟްހިޔާ ކަތިލުމުގެ ތެރެއިން / ފޮޓޯ ޖަމިއްޔަތުލް ޤަލަމް

މީގެއިތުރުން ޢީދު އުފާ 1438 ގެ ނަމުގައި އާއިލީ ހަވީރެއްވެސްވަނީ ބާއްވާފައެވެ. ދެދުވަހުގެ ކުރިއަށް ގެންދިޔަ މިއާއިލީ ހަވީރުގައި ތަފާތު ކުޅިވަރުތައް ކުރިއަށް ގެންދިޔައިރު ހަވީރަށް ޒިޔާރަތްކުރި ކޮންމެ ކުއްޖަކަށްވަނީ ހަދިޔާވެސް ދީފައެވެ. އަދި ހަވީރަށް ޒިޔާރަތްކުރި ކުދިންގެ ތެރެއިން ގުރުއަތުން ހޮވުނު ދެކުދިންގެ ތެރެއިން އެއް ކުއްޖަކަށް ބައިސްކަލެއް އަނެއް ކުއްޖާއަށް ދޮންނަ މެޝިނެއްވެސްވަނީ ހަދިޔާކޮށްފައެވެ. މީގެ އިތުރުންވެސް މަދަހަ ކިޔުމާއި ވާހަކަ ކިޔުންފަދަ އެކިއެކި ހުނަރުތައް ހުށަހަޅާދިން ކުދިންނަށްވެސްވަނީ ހަދިޔާ ދީފައެވެ.

ޢީދު ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ފޯރިގަދަ އެއް ހަރަކާތަކަށް ވެގެންދިޔައީ ފިރިހެނުންނަށް ހާއްސަކޮށްގެން ބޭއްވި ވާދެމުމުގެ މުބާރާތެވެ. ޖުމްލަ އަށް ޓީމް ބައިވެރިވި މިމުބާރާތުގެ ޗެމްޕިއަންޓީމަށް ދިހަހާސް ރުފިޔާގެ އަގުހުރި އިނާމާއި އެއްހާސް ރުފިޔާގެ ފައިސާގެ އިނާމް ދީފައިވާއިރު ދެވަނައަށް ދިޔަ ޓީމަށްވަނީ -/2500 ރުފިޔާގެ ފައިސާގެ އިނާމްދީފައެވެ.

މިހަރަކާތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އަހުމަދު ވިދާޅުވީ މިހަރަކާތްތައް ކުރިއަށް ގެންދިޔުމަށް މިހަރަކާތުގެ މެއިން ސްޕޮންސަރ ދިރާގައި ކޯސްޕޮންސަރ އެމްއޭ މިނިމާޓުގެ އިތުރުން ދަނގެތި ޕޮލިސް ސްޓޭޝަނާއި، ދަނގެތީ ސްޓެލްކޯ އިންޖީނުގެއާއި ދަނގެތި ޒުވާނުންގެ މަރުކަޒާއި ދަނގެތީ ޔޫތް ޑިވެލޮޕްމަންޓާއި ޓީމް ދައުވާ މޯލްޑިވްސްގެ ފަރާތުން ދެއްވި އެއްބާރުލުން ފާހަގަކުރައްވާ އެފަރާތްތަކަށް ޝުކުރުއަދާކުރާ ކަމަށެވެ.

މިއީ މިގޮތަށް ދަނގެތީގައި ޖަމިއްޔަތުލް ޤަލަމްއިން އިސްނަގައިގެން ޢީދު ފާހަގަކުރި ފަސްވަނަ ފަހަރެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.