ރާއްޖޭގެ ޚަބަރު ޕެބަލްސް އާއިލީ ހަވީރު މިއަދު އޮންނާނެ

ޕެބަލްސް އާއިލީ ހަވީރު މިއަދު އޮންނާނެ

ޕެބަލްސް އާއިލީ ހަވީރު މިއަދު އޮންނާނެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

1438 ވަނަ އަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ވިލިމާލެ ޕީސް ފައުންޑޭޝަންގެ ފަރާތުން ކުރިއަށްގެންދާ އާއިލީ ހަވީރު މިއަދު އޮންނާނެއެވެ.

ޕެބަލްސް ނަމުގައި ކުރިއަށްގެންދާ މިއާއިލީ ހަވީރާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ޕީސް ފައުންޑޭޝަންގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޞަބާހް ވިދާޅުވީ މިއަދު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އާއިލީ ހަވީރުގެ އެންމެ ފަހުގެ ތައްޔާރީތައް ނިމިފައިވާ ކަމަށެވެ.

ޞަބާހް ވިދާޅުވީ އާއިލާއާއެކު ޢީދުގެ އުފާވެރި ވަގުތުކޮޅެއް މިއާއިލީ ހަވީރުގެ ތެރެއިން ލިބިގެންދާނެ ކަމަށާއި ކުޑަކުދިން ގަޔާވާނެ ތަފާތު ކުޅިވަރުތަކެއް މިހަރަކާތުގައި ހިމަނާފައިވާނެ ކަމަށެވެ.

ޕެބަލްސް އާއިލީ ހަވީރަށް ތައްޔާރުވުމުގެ މަސައްކަތްކުރަނީ / ފޮޓޯ ޕީސް ފައުންޑޭޝަން

މިހަރަކާތުގައި ވޯޓަރ ސްލައިޑަރއަކާއި ތީރު އުކުން، ފުޓްބޯޅައާއި ގޮލްފް ކުޅުންފަދަ ތަފާތު ގިނަ ހަރަކާތްތަކުގެ އިތުރުން މަދަހަ ކިޔުންފަދަ ސްޓޭޖް ހަރަކާތްތައްވެސް ކުރިއަށްދާނެ ކަމަށް ޕީސް ފައުންޑޭޝަންއިން މައުލޫމާތު ދެއެވެ.

ޞަބާހް އިތުރަށް ވިދާޅުވީ މިހަރަކާތަށް އަންނަ ކޮންމެ ކުއްޖަކަށްވެސް ހަދިޔާއެއް ލިބިގެންދާނެ ކަމަށާއި ބައިވެރިވާ ކުޅިވަރުތައް އިތުރުވާ ވަރަކަށް ގިނަ ހަދިޔާތައް ލިބިގެންދާނެ ކަމަށެވެ.

ޕެބަލްސް އާއިލީ ހަވީރަށް ތައްޔާރުވުމުގެ މަސައްކަތްކުރަނީ / ފޮޓޯ ޕީސް ފައުންޑޭޝަން

މިހަރަކާތް ކުރިއަށްދާނީ މިއަދު ހަވީރު 4:00 ން 6:00 އަށް ވިލިމާލެ ބޯޅަ ދަނޑުގައެވެ.

މިހަރަކާތުގެ މެއިން ސްޕޮންސަރައަކީ މޯލްޑިވްސް އިސްލާމިކް ބޭންކްއެވެ. ކޯސްޕޮންސަރުންނަކީ ތިލަފުށި ކޯޕަރޭޝަން، ސޮނީ ސްޕޯޓްސް، އަލްޝާލީ މެރިން، އައިކެއަރ އަދި އާރުސީސީއެވެ. އިވެންޓް ޕާޓުނަރުންނަކީ އެމްއެންޑީއެފް، މޯލްޑިވްސް ޕޮލިސް ސަރވިސް، ކިންޑަރ ޕްރިސްކޫލް އަދި ވިލިމާލެ ޕްރިސްކޫލެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.