ރާއްޖޭގެ ޚަބަރު ޢީދުގައި މާލޭގައި ތިބެންޖެހުނު ކުދިން ދެރަވާނެ ކަމެއްނެތް، މާދަމާ ހުޅުމާލޭގައި ޢީދު ސްމައިލް އޮންނާނެ

ޢީދުގައި މާލޭގައި ތިބެންޖެހުނު ކުދިން ދެރަވާނެ ކަމެއްނެތް، މާދަމާ ހުޅުމާލޭގައި ޢީދު ސްމައިލް އޮންނާނެ

ޢީދުގައި މާލޭގައި ތިބެންޖެހުނު ކުދިން ދެރަވާނެ ކަމެއްނެތް، މާދަމާ ހުޅުމާލޭގައި ޢީދު ސްމައިލް އޮންނާނެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޢީދު ޗުއްޓީއަށް އެއްވެސް ދިމާލަކަށް ނުދެވިފައި ތިބި ކުދިންނަށް މިއޮތީ އުފާވެރި ޚަބަރެކެވެ.

ހުޅުމާލެ އަލް ހިޖްރައާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ކުރިއަށް ގެންދާ “ޢިދު ސްމައިލް” މާދަމާ ހުޅުމާލޭގައި އޮންނާނެއެވެ.

މިހަރަކާތާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން އަލް ހިޖްރަގެ ރައީސް ހާމިދު ސަލީމް ވިދާޅުވީ އާއިލީ ހަވީރެއްގެ ގޮތުގައި ކުރިއަށް ގެންދާ “ޢީދު ސްމައިލް” މަދަމާ ހަވީރު ހަތަރަކުން އިރުއޮއްސި ހަޔަކަށް ހުޅުމާލެ ސެންޓްރަލް ޕާކްގައި އޮންނާނެކަމަށެވެ.

ތަފާތު ކުޅިވަރުތަކާއި ހަރަކާތްތައް އެކުލެވޭގޮތަށް ކުރިއަށްދާ މިހަރަކާތުގައި ގިނަ އިނާމްތަކެއްވެސް ލިބިގެންދާނެކަމަށް މިހަރަކާތް އިންތިޒާމްކުރާ ފަރާތުން މައުލޫމާތު ދެއެވެ.

މާދަމާގެ ޢީދު ސްމައިލްގެ ސްޓޯލްތަކުގައި ފޭސް ޕެއިންޓިން، ފަސްއޮށް ކުޅުން، އޮށްވަޅު ގޮނޑި ކުޅުން، ސްކޭޓް ކުރަން ދަސްކޮށްދިނުން، އަތްދޮވުން، ފޮޓޯ ފްރޭމް، ރިމޯޓް ކާރު ދުއްވުން، ޑަސްބިނަށް ދަޅު އުކުން ފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު ސްޓޭޖް ހަރަކާތްތަކުގެ ގޮތުގައި މަދަހަ ކިޔުން، ވާހަކަ ކިޔައިދިނުން ފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ބަމްޕަރއާއި ޓްރެމްޕޮލިންގެ ހަރަކާތްތައްވެސް ކުރިއަށްދާނެއެވެ.

ހާމިދު ސަލީމް ފާހަގަކުރި ގޮތުގައި މިހަރަކާތް ކުރިއަށް ގެންދިޔުމަށްވަނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައެވެ. އެގޮތުން ހޯސްޓިންގ ޕާޓްނަރ އެޗްޑީސީއާއި އިވެންޓުގެ މެއިން ސްޕޮންސަރ ތިލަފުށި ކޯޕަރޭޝަން، ކޯސްޕޮންސަރ އެންޒީއާއި އެލިއާގެ އިތުރުން އެހެންވެސް ގިނަ ފަރާތްތަކުން ދީލަތި އެހީތެރިކަން ފޯރުކޮށްދީފައިވާތީ އެފަރާތްތަކަށްވަނީ ޝުކުރު އަދާކޮށްފައެވެ.

އަލްހިޖްރައާއި އެޗްޑީސީ ގުޅިގެން ހުޅުމާލޭގައި ޢީދު ފާހަގަ ކުރުމަށް ޢީދު ސްމައިލްގެ އިތުރުން މައިދާނުގައި ޢީދު ނަމާދު ކުރުމާއި އުޟްހިޔާ ކަތިލުމުގެ ހަރަކާތެއްވަނީ ކުރިއަށް ގެންގޮސްފައެވެ.

އަލް ހިޖްރަގެ ފަރާތުން ޢީދު ސްމައިލް ނަމުގައި މިހަރަކާތް ކުރިއަށްގެންދާ މިއީ ދެވަނަ ފަހަރެވެ. މިފަހަރުގެ އިވެންޓުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ދިއިސްލާމްއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.