ރާއްޖޭގެ ޚަބަރު އިސްލާމިކް ފައިނޭންސްގެ އެވޯޑެއް ޑރ އާއިޝަތު މުނީޒާއަށް

އިސްލާމިކް ފައިނޭންސްގެ އެވޯޑެއް ޑރ އާއިޝަތު މުނީޒާއަށް

އިސްލާމިކް ފައިނޭންސްގެ އެވޯޑެއް ޑރ އާއިޝަތު މުނީޒާއަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އޭ އައި ބީ ޓީ އެސް އިނޮވޭޝަންސް އެވޯޑުގައި އަޕްކަމިންގް ޕަރސަނަލިޓީ އިން އިސްލާމިކް ފައިނޭންސްގެ ގެ އެވޯޑު ދިވެހިރާއްޖޭގެ ޑރ އާއިޝަތު މުނީޒާއަށް އަރުވައިފިއެވެ.

ޑރ މުނީޒާއަށް މިއެވޯޑު އަރުވާފައިވަނީ މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ކުރިއަށްދިޔަ 7 ވަނަ އިސްލާމިކް ބޭންކިންގް އަދި ތަކާފުލް ސަމިޓުގައެވެ.

މިއެވޯޑަކީ ދުނިޔެއިން ހޮވާލެވިފައިވާ ފަރާތްތަކެއްގެ ތެރެއިން އިސްލާމިކް ފައިނޭންސް ތަރައްޤީކުރުމަށް އައު އީޖާދުތަކާއި އައު ފައިނޭންޝަލް އުފެއްދުންތައް ތަޢާރަފުކުރަން ކޮށްވާފައިވާ ބުރަ އަދި ކާމިޔާބު މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ޑރ މުނީޒާއަށް ދެވުނު އެވޯޑެކެވެ.

މި ބައްދަލުވުމުގައި ބައިނަލްއަޤްވާމީ ގޮތުން އެންމެ ރަނގަޅު އިސްލާމިކް ބޭންކާއި، ތަކާފުލް ކުންފުންޏާއި އަދި އިސްލާމިކް ފައިނޭންސްގެ ތައުލީމު ފޯރުކޮށްދޭ މަރުކަޒުވެސް ހޮވާ އެފަރާތްތަކަށްވެސްވަނީ އެވޯޑު ދީފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.