ރާއްޖޭގެ ޚަބަރު އިސްލާމިކް ފައިނޭންސްއާއި ގުޅޭ ވޯކްޝޮޕެއް ޕީސް ފައުންޑޭޝަންއިން ފަށައިފި

އިސްލާމިކް ފައިނޭންސްއާއި ގުޅޭ ވޯކްޝޮޕެއް ޕީސް ފައުންޑޭޝަންއިން ފަށައިފި

އިސްލާމިކް ފައިނޭންސްއާއި ގުޅޭ ވޯކްޝޮޕެއް ޕީސް ފައުންޑޭޝަންއިން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

"އިސްލާމިކް ފައިނޭންސް ކޮންސެޕްޓްސް، އިންސްޓުރޫމަންޓްސް އެންޑް ސްކޯޕް އިން މޯލްޑިވްސް" ނަމުގައި ޕީސް ފައުންޑޭޝަންގެ ފަރާތުން ސިލްސިލާ ވޯކްޝޮޕްތަކެއް ފަށައިފިއެވެ.

މިކަމާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން އެޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޞަބާހް ވިދާޅުވީ މިއީ ރިބާއާއި މެދު ހޭލުންތެރިކަން އިތުރުކޮށް އިސްލާމިކް ފައިނޭންސްއަށް އަހުލުވެރިކުރުމުގެ މަޤްޞަދުގައި ޕީސް ފައުންޑޭޝަންއިން ފަށައިގެން ކުރިއަށް ގެންދާ ސިލްސިލާ ވޯކްޝޮޕްތަކެއް ކަމަށެވެ.

ސެކަންޑަރީ ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މިސިލްސިލާ ވޯކްޝޮޕްގެ ފުރަތަމަ ޕްރޮގްރާމް، ހުޅުމާލޭ ޤާޒީ ސްކޫލްގައި މިއަދު މެންދުރުފަހުވަނީ ފަށާފައެވެ.

މިވޯކްޝޮޕްތަކުގައި ކިޔަވައިދެއްވާ ބޭފުޅުންގެ ތެރޭގައި ހިމެނޭ، ޕީސް ފައުންޑޭޝަންގެ ނައިބް ރައީސް އަބްދުއްރަހްމާން ހުސައިން (އަބޭ) އަކީ އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މާސްޓަރސް ހައްދަވާފައިވާ ބޭފުޅެކެވެ. އަބޭގެ އިތުރުން ދެންކިޔަވައި ދެއްވާނީ އިސްލާމިކް ފައިނޭންސްއިން ޑިގްރީ ހާސިލްކޮށްފައިވާ ބޭފުޅެއްކަމުގައިވާ ހައްމާދު ރަޝީދުއެވެ.

މިސިލްސިލާ ވޯކްޝޮޕްތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ފަރާތްތަކުން ޕީސް ފައުންޑޭޝަންއަށް އެކަމަށް އެދި މެއިލްކުރުމުން އެކަން ހަމަޖެހިގެންދާނެ ކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ. މެއިލް ކުރާނީ އަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.