ރާއްޖޭގެ ޚަބަރު ހައްޔަރުކުރި ނޫސްވެރިން ވަގުތުން ދޫކޮށްލުމަށް އަދާލަތުން ގޮވާލައިފި

ހައްޔަރުކުރި ނޫސްވެރިން ވަގުތުން ދޫކޮށްލުމަށް އަދާލަތުން ގޮވާލައިފި

ހައްޔަރުކުރި ނޫސްވެރިން ވަގުތުން ދޫކޮށްލުމަށް އަދާލަތުން ގޮވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިދިކޮޅު ފަރާތްތަކުން މިރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ކަވަރުކުރަމުން ދަނިކޮށް ފުލުހުން ހައްޔަރުކުރި ނޫސްވެރިން ވަގުތުން ދޫކޮށްލުމަށް  އަދާލަތު ޕާޓީއިން ގޮވާލައިފިއެވެ.

އަދާލަތުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މިރޭގެ ސުލްހަވެރި އެއްވުން ކަވަރުކުރަމުންދިޔަ ނޫސްވެރިންނަށް އަނިޔާކޮށް ހައްޔަރުކުރުމަކީ ދަށުދަރަޖައިގެ އަމަލެއްކަމަށާއި ނޫސްވެރިން ވަގުތުން ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ.

އެމްޑީޕީ ހަރުގެކައިރީގައި ކުރިއަށްދިޔަ މުޒާހަރާ ކަވަރުކުރުމުގައި ހަރަކާތްތެރިވަނިކޮށް ހައްޔަރުކޮށްފައިވަނީ ސަންގު ޓީވީގެ ހަތަރު ނޫސްވެރިޔަކާއި ރާއްޖެ ޓީވީގެ ތިން ނޫސްވެރިޔަކު ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ނޫސްވެރިންތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފުުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.