ރާއްޖޭގެ ޚަބަރު ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ހަތް ނޫސްވެރިޔަކު ހައްޔަރުކޮށްފި

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ހަތް ނޫސްވެރިޔަކު ހައްޔަރުކޮށްފި

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ހަތް ނޫސްވެރިޔަކު ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ އެއްވުން ކަވަރުކުރުމަށް ހަރަކާތްތެރިވަމުން ދިޔަ ނޫސްވެރިންތަކެއް ހައްޔަރުކޮށްފިއެވެ.

އެމްޑީޕީ ހަރުގެކައިރީގައި ކުރިއަށްދިޔަ މުޒާހަރާ ކަވަރުކުރުމުގައި ހަރަކާތްތެރިވަނިކޮށް ހައްޔަރުކޮށްފައިވަނީ ސަންގު ޓީވީގެ ހަތަރު ނޫސްވެރިޔަކާއި ރާއްޖެ ޓީވީގެ ތިން ނޫސްވެރިޔަކު ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ނޫސްވެރިންތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފުުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައެވެ.

ނޫސްވެރިންތަކެއް ހައްޔަރުކުރުމާއި ގުޅިގެން މީޑިއާ ކައުންސިލްގެ ފަސް މެމްބަރަކުވެސްވަނީ ޕޮލިހަށް ގޮސް ފުލުހުންގެ ސްޕޯކްސް ޕާސަން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާންއާ ބައްދަލުކޮށް އެކަމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.