މޯލްޑިވްސް މަނިޓަރި އޮތޯރިޓީ (އެމްއެމްއޭ) އިން ދެރުފިޔާގެ އައު ދަގަނޑު ފައިސާ ފޮތި ބާޒާރަށް ނެރެފި އެވެ.
އެމްއެމްއޭގައި މިއަދު ބޭއްވި ހަފްލާއެއްގައި ދެރުފިޔާގެ އައު ފައިސާ ފޮތި ތައާރަފުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމެވެ.
މިއާއެކު މިއަދުން ފެށިގެން ވިޔަފާރީގެ އެކިއެކި މުއާމަލާތުގައި އެ ފައިސާ ފޮތި ބޭނުންކުރެވޭނެ ކަމަށް އެމްއެމްއޭ އިން ހާމަކުރެއެވެ.
ބަރުދަނުގައި 6.20 ގްރާމް ހުންނަ ދެރުފިޔާގެ އައު ފައިސާ ފޮތީގެ ބޭރުގައި ބޭނުންކޮށްފައި ވަނީ ނިކަލް ބްރާސްގެ މައުދަން ކަމަށްވާ އިރު އެތެރޭގައި ބޭނުންކޮށްފައި ވަނީ ނިކަލް ޕްލޭޓެޑް ސްޓީލެވެ. ފައިސާ ފޮތީގެ ވަށައިގެން 25.50 މިލިމީޓަރު ހުންނައިރު އެފައިސާ ފޮތީގެ ކައިރިފަށް ފަރުމާކޮށްފައި ހުރީ އޮމާންކޮށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...