މިރެއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ފިހާރަތައް ރޭގަނޑު ދިހައެއް ޖަހާއިރު އަދި ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަން ދަންވަރު ބާރަ ޖަހާއިރު ބަންދުކުރަން ޖެހޭގޮތަށް ބަދަލުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީންވަނީ ރޯދަމަހާއި ހަރޯދަ ނިމެންދެން ފިހާރަތަށް ބަންދުކުރާ ގަޑި ރޭގަނޑު އެގާރަ ޖަހާއިރަށް އަދި ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަން ފަތިހު ތިނެއް ޖަހަންދެން ހުޅުވާފައި ބެހެއްޓޭ ގޮތަށް ހަމަޖައްސާފައެވެ.
އެހެންކަމުން ކުރިއެކޭ އެއްގޮތަސް ފިހާރަތައް ރޭގަނޑު ދިހައެއް ޖަހާއިރު އަދި ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަން ދަންވަރު ބާރަ ޖަހާއިރު ބަންދުކުރަން ޖެހޭނެ ކަމަށާއި މި އުސޫލާއި ޚިލާފުވާ ފަރާތްތައް 2000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...