އަވަށްޓެރި އިންޑީއާއިން ރާއްޖެއަށް އެތެރެކުރާ ކާޑާއި ފިޔާ އަދި އަލުވީގެ ކޯޓާ އެޤައުމުން އާކޮށްދީފިއެވެ.
މިކަމާއި ގުޅޭގޮތުން އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ 2017 ވަނަ އަހަރުން 2018 ވަނަ އަހަރު އިންޑިއާއިން ރާއްޖެ އެކްސްޕޯޓުކުރާ ކާޑާއި ފިޔާ އަދި އަލުވި އެކްސްޕޯޓުކުރެވޭނެ މިންވަރު އެޤައުމުގެ ޑައިރެކްޓަރޭޓް އޮފް ފޮރިން ޓްރޭޑުުން ކަނޑައަޅާފައިވަނީ މިދިޔަ އޭޕްރީލް މަހުގައި ކަމެވެ.
2017 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރު އެކްސްޕޯޓުކުރުމަށް ކަނޑައަޅާފައިވާ މިންވަރަކީ އެއީ 11,714.45 ޓަނުގެ އަލުވިއާއި 19,466.36 ޓަނުގެ ފިޔާގެ އިތުރުން ކާޑުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ހަނޑުލުގެ 67,640.24 ޓަނާއި، 59,442.17 ޓަނުގެ ފުށް އަދި 11706.3 ޓަނުގެ ހަކުރެވެ.
މިތަކެތީގެ ކޯޓާއާކޮށްފައިވަނީ އިންޑިއާއާއި ރާއްޖެއާއި ދެމެދު ސޮއިކޮށްފައިވާ ބައިލެޓްރަލް އެއްބަސްވުމުގެ ދަށުންކަމަށްވެސް އިންޑިއާގެ ނޫސްތަކުން ހާމަކޮށްފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...