ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ކުރިއަށް ގެންދާ ގްރުއާން މުދައްރިސް ކަމުގެ ޑިގްރީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ތިން އަހަރުގެ މި ކޯހުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ޖުލައި މަހުގެ 11 ވަނަ ދުވަހުގެ 1400 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.
މި ކޯހުގައި ބައިވެރި ވެވޭނީ ގުރުއާނާ ބެހޭ މަރުކަޒުން ހިންގާ ގާރީ ކަމުގެ އެޑްވާންސް ސެޓްފިކެޓް ހާސިލްކޮށްފައިވާ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ސެޓްފިކެޓް ލެވެލް 4 ގެ ގާރީ ސަނަދު އޮންނަ ފަރާތްތަކަށެވެ.
މި ކޯހުގައި ބައިވެރިވުމަށް މަރުކަޒުންދޭ ބަސްދީގަތުމުން ފާސްވާން ޖެހެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...