ރާއްޖޭގެ ޚަބަރު އޭދަފުށީގެ 9 ފަގީރުންނަށް ޒަކާތުގެ ގޮތުގައި މީހަކަށް 7,384ރ

އޭދަފުށީގެ 9 ފަގީރުންނަށް ޒަކާތުގެ ގޮތުގައި މީހަކަށް 7,384ރ

އޭދަފުށީގެ 9 ފަގީރުންނަށް ޒަކާތުގެ ގޮތުގައި މީހަކަށް 7,384ރ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބ އޭދަފުށީގައި ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީ 9 މީހުންކަމަށާއި އެއިން ކޮންމެ މީހަކަށް ފިތުރު ޒަކާތުގެ ގޮތުގައި 7384 ރ ބެހުމަށް ހަމަޖެހިފައިވާ ކަމަށް އެރަށުގެ ކައުންސިލުން ހާމަކޮށްފިއެވެ.

އޭދަފުށި ރަށު ކައުންސިލާއި ހަވަލާދީ އޭދަފުށީ ޓައިމްސްގައި ހާމަކޮށްފައިވާ ގޮތުގައި ރޯދަ މަހު 2959 މީހަކު ޒަކާތުގެ ގޮތުގައި 66،461ރ. ދައްކާފައިވާ ކަމަށާއި ޒަކާތް ހައްގުވާ ފަގީރުންގެ ގޮތުގައި ތިބީ އެންމެ 9 މީހުން ކަމަށެވެ.

ޒަކާތުގެ ފައިސާ އެ ނުވަ މީހުންގެ މެދުގައި ބަހާލުމުން ބޮލަކަށް ލިބޭނީ 7384.56ރ. އެވެ.

މާދަމާރޭގެ 9:30 ފެށިގެން ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީކުރި މީހުންނަށް ޒަކާތް ދޫކުރަމުން ގެންދާނެކަމަށް އޭދަފުށި ކައުންސިލުން ހާމަކުރެއެވެ. ފަޤީރުންގެ ގޮތުގައި މިދިޔަ އަހަރު އޭދަފުށީގައި ރަޖިސްޓްރީ ކޮށްފައިވަނީ 4 މީހުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.