ރާއްޖޭގެ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ޕަބްލިކް ސަރވިސް މީޑިއާގެ ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރީގެ ހަތަރުވަނަ ޕްރޮގްރާމަށް މިހާރުމިވަނީ ވަގުތު ކުޑަތަންވެފައެވެ.
މިރޭގެ ޕްރޮގްރާމްގައިވެސް އަޑުއަހާލަން ހިތްގައިމު ކިޔެވުންތަކެއް އަޑުއިވިގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.
މިއަހަރުގެ ތިންވަނަ ޕްރޮގްރާމްއިންވަނީ މިފަހަރުގެ މުބާރާތުގެ 12 އަދި 11 ވަނަ ބައިވެރިޔާ ކަނޑައަޅާފައެވެ. 12 ވަނަ ބައިވެރިޔަކަށް ހޮވުނީ ހއ މާރަންދޫ އަލްޤާރީ އިބްރާހިމް އަހުމަދުއެވެ. 11 ވަނަ އަށް ހޮވުނީ ސ. ހިތަދޫ އަލްހާފިޒް އަހުމަދު ޒާހިރުއެވެ.
12 ބައިވެރިންނާއެކު ފެށި މުބާރާތުގައި މިރޭވެސް ދެބައިވެރިޔަކު މުބާރާތާއި ވަކިވާންޖެހޭނެއެވެ. ހިތްގައިމު ކިޔެވުންތަކާއި މުބާރާތާއި ވަކިވެގެންދަނީ ކޮން ބައިވެރިންނެއްތޯ ބަލާލަން މިރޭ 2130 އަށް ޓީވީ އޮންކޮށްލާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...