ރާއްޖޭގެ ޚަބަރު ސެޓް ޔުއަރ ގޯލްގެ ދެވަނަ އިވެންޓް މާދަމާ

ސެޓް ޔުއަރ ގޯލްގެ ދެވަނަ އިވެންޓް މާދަމާ

ސެޓް ޔުއަރ ގޯލްގެ ދެވަނަ އިވެންޓް މާދަމާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަލް ހިޖްރަގެ ފަރާތުން ހުޅުމާލޭގައި ކުރިއަށްގެންދާ ސެޓް ޔުއަރ ގޯލްގެ ދެވަނަ އިވެންޓް މާދަމާ އޮންނާނެއެވެ.

މިކަމާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން އަލް ހިޖްރަގެ ރައީސް ހާމިދު ސަލީމް ވިދާޅުވީ ސެޓް ޔުއަރ ގޯލްގެ ދެވަނަ އިވެންޓް މާދަމާ ހުޅުމާލޭގައި ކުރިއަށްދާނެ ކަމަށާއި މާދަމާގެ އިވެންޓް އޮންނާނީ ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި ކަމަށެވެ.

ހާމިދު އިތުރަށް ވިދާޅުވީ މާދަމާގެ އިވެންޓްގައިވެސް ދީނީ ސުވާލުތަކަށް ޖަވާބުދިނުން ކުރިއަށްދާނެ ކަމަށާއި މާދަމާގެ އިވެންޓްގައި އައްޝައިޚް ހަސަން މޫސާ ފިކުރީ، އައްޝައިޚް އަލީ ނިޝާމް އަދި އައްޝައިޚް އަހުމަދު ޝުއައިބު އަބްދުﷲ ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

މާދަމާގެ އިވެންޓްގައިވެސް މުސްހަފް ބެހުމާއި ދީނީ މައުލޫމާތު އެކުލެވޭ ފޮތާއި ލީފްލެޓް ބެހުމުގެ އިތުރުން ސްމާރޓް ފޯން ގެންގުޅޭ ފަރާތްތަކުގެ ފޯނަށް އެކިއެކި ޤުރުޢާން ކިޔެވުންތަކާއި ދަރުސްތައް އިންސްޓާލް ކޮށްދިނުން ކުރިއަށްދާނެ ކަމަށް ހާމިދު ފާހަގަކުރެއްވިއެވެ.

މާދަމާގެ އިވެންޓަކީ މިރަމަޟާންމަހު ބާއްވާ ސެޓް ޔުއަރ ގޯލްގެ ދެވަނަ އިވެންޓެވެ. ސެޓް ޔުއަރ ގޯލަކީ 1435 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާންމަހަކު ހިޖްރަގެ ފަރާތުން ބާއްވަމުން އަންނަ ހަރަކާތެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.