ރާއްޖޭގެ ޚަބަރު ހައްޖަށް މީހުންގެންދިއުމުގެ ހުއްދަ ހަތަރު ކުންފުންޏަކަށްދީފި

ހައްޖަށް މީހުންގެންދިއުމުގެ ހުއްދަ ހަތަރު ކުންފުންޏަކަށްދީފި

ހައްޖަށް މީހުންގެންދިއުމުގެ ހުއްދަ ހަތަރު ކުންފުންޏަކަށްދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

1438 ވަނަ އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ހަތަރު ކުންފުންޏަކަށް ދީފިއެވެ.

ހައްޖަށް މީހުން ގެންދިއުމަށް ހުއްދަދީފައިމިވަނީ މީގެ ކުރިން ހަ ކުންފުންޏަކަށް ހައްޖަށް މީހުން ގެންދިއުމަށް ހުއްދަދިން ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގާފައިވާ ކަމަށް ބުނެ ބަޔަކު އޭސީސީއަށް ހުށަހެޅި މައްސަލައާ ގުޅިގެން، ހުއްދަ ދިނުމާ ގުޅޭ ކަންތައްތައް މަޑުޖައްސާލަން މިނިސްޓްރީއަށް އެންގާފައިވަނިކޮށެވެ.

ހުއްދަ ދިން ހަތަރު ކުންފުނި
- މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
- އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް
- ޒަޢީ ޙައްޖު ގްރޫޕް ޕްރައިވެޓް ލިމިޓެޑް

ކުރިން ހުއްދަ ދިނުމަށްފަހު މިފަހަރު ހުއްދަ ނުދެނީ ދަރުމަ ލިލްޙައްޖި ވަލްޢުމްރަތި ޕްރައިވެޓް ލިމިޓެޑާއި ކިސްވާ ޕްރައިވެޓް ލިމިޓެޑަށެވެ.

ހައްޖަށް މީހުން ގެންދިއުމަށް ހަތަރު ކުންފުންޏަކަށް ހުއްދަދީފައިވާއިރު ރާއްޖެއަށް ލިބޭ 1000 ހައްޖު ކޯޓާ މިހަތަރު ކުންފުނީގެ މެދުގައި ބަހާފައިވާ ގޮތެއް އަދި މިނިސްޓްރީއިން ހާމައެއް ނުކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.