ރާއްޖޭގެ ޚަބަރު އައްޑޫގައި ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

އައްޑޫގައި ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

އައްޑޫގައި ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އައްޑޫ ސިޓީގައި ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

މިކަމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ހާމަކޮށްފައިވާ ގޮތުގައި މި މަހުގެ 6 ން 21 ވަނަ ދުވަހާ ހަމައަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:15 އިން 1:30 ވަންދެން ޒަކާތް ބަލައިގަންނަމުން ގެންދާނެ ކަމަށެވެ.

އައްޑޫގައި ޒަކާތް ބަލައިގަންނަ ތަންތަން:
ހިތަދު- އިސްލާމިކް މިނިސްޓްރީ އާއި އައްޑޫ ސިޓީ ޔުނިޓް
މަރަދޫ، މަރަދޫފޭދޫ- ތަދްރީސުލް ޤުރުއާން
ފޭދޫ- ލޭންޑް ބިލްޑިން އެންޑް މުނިސިޕަލް ސާވިސް ޑިޕާޓްމަންޓް
ހުޅުދޫ- ލޭންޑް ބިލްޑިން އެންޑް މުނިސިޕަލް ސާވިސް ޑިޕާޓްމަންޓް
މީދޫ- ފެނަކަ ކޯޕަރޭޝަން

އައްޑޫއިން މީގެ ކުރިން ޒަކާތް ބަލައިގަންނަމުން ދިޔައީ ކައުންސިލް އިދާރާއިންނެވެ. ނަމަވެސް އެކަމަށް މިނިސްޓްރީން ހަމަޖައްސައިދޭން ޖެހޭ އިންތިޒާމުތައް ހަމަޖައްސައިނުދޭތީ، އެކަން ކުރެވެން ނެތްކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ކުރިން ބުނެފަ އެވެ.

ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 2.4 ކިލޯ ހަނޑުލުގެ އަގަށްވާ ފައިސާއިންނެވެ. އައްޑޫގެ މީހުން ޒަކާތް ދައްކާނީ އާދައިގެ ހަނޑުލުން ނަމަ މީހަކަށް 20ރ. ތައިލެންޑް ހަނޑުލުން ނަމަ މީހަކަށް 65ރ. އަދި ބާސްމަތީ ހަނޑުލުން ނަމަ މީހަކަށް 75ރ.ގެ މަގުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.