މާލޭ ސިޓީގައި ރަމަޟާންމަހު އިއުތިކާފަށް ތިބެވޭނެ މިސްކިތްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ކަނޑައަޅައިފިއެވެ.
މިކަމާއި ގުޅޭގޮތުން އެމިނިސްޓްރީއިން އާއްމުކޮށްފައިވާ އިޢުލާނެއްގައި މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އިއުތިކާފަށް ތިބުމަށް ހަމަޖައްސާފައިވާ މިސްކިތްތައްވަނީ އާއްމުކޮށްފައެވެ. އެގޮތުން މާލޭގައި 14 މިސްކިތެއް، ވިލިމާލޭގައި 2 މިސްކިތް އަދި ހުޅުމާލޭގައި 5 މިސްކިތެއް އިއުތިކާފަށް ތިބެވޭނެ ގޮތަށްވަނީ ހަމަޖައްސާފައެވެ.
މާލޭގައި އިއުތިކާފަށް ތިބުމަށް ހަމަޖެއްސި މިސްކިތްތައް
މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢްޡަމް (އިސްލާމީ މަރުކަޒު)
މަސްޖިދުއްސުލްޠާނު މުޙައްމަދު ބިން ޢަބްދިﷲ
މަސްޖިދުއްސުލްޠާނު މުޙައްމަދު ޝަމްސުއްދީން
މަސްޖިދުއްސުލްޠާނު މުޙައްމަދު ފަރީދުލްއައްވަލު
މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން
މަސްޖިދު ޞަލާޙުއްދީން
މަސްޖިދު ފުރްޤާން
މަސްޖިދު ޖަލާލުއްދީން
މަސްޖިދުއްނޫރު
އިބްރާހީމީ މިސްކިތް
މަސްޖިދުއްޝަހީދު ޢަލީ
މަސްޖިދު އިސްކަންދަރު
މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
މަސްޖިދުއްސުލްޠާން މުޙައްމަދު ޢިމާދުއްދީން
ވިލިމާލޭގައި ހަމަޖެއްސި މިސްކިތްތައް
މަސްޖިދުއްސަލާމް
މަސްޖިދުލްއިޚްލާޞް
ހުޅުމާލޭގައި ހަމަޖެއްސި މިސްކިތްތައް
މަސްޖިދު ޝައިޚް ޤާސިމް ބިން އާލްޘާނީ
މަސްޖިދު ޢަޒީޒާ މޫސާ
މަސްޖިދު ޒައިދު ބުން ސާބިތު
ހުޅުމާލެ ވަގުތީ މިސްކިތް
މަސްޖިދު ޢުމަރު ބިން ޚައްޠާބު
ކޮމެންޓް (0)
ލޯޑް ކުރަމުން...