ރާއްޖޭގެ ޚަބަރު ސައުދީ އެމްބަސީގެ ރޯދަވީއްލުން ކޮންމެ ދުވަހަކު އިސްލާމީ މަރުކަޒުގައި

ސައުދީ އެމްބަސީގެ ރޯދަވީއްލުން ކޮންމެ ދުވަހަކު އިސްލާމީ މަރުކަޒުގައި

ސައުދީ އެމްބަސީގެ ރޯދަވީއްލުން ކޮންމެ ދުވަހަކު އިސްލާމީ މަރުކަޒުގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގައި ހުންނަ ސައުދީ އަރަބިޔާގެ އެމްބަސީއިން އިސްލާމީ މަރުކަޒުގައި މިރަމަޟާންމަހުގެ ކޮންމެ ދުވަހަކު ރޯދަވީއްލުން ބާއްވާގޮތަށް އެއެމްބަސީން ހަމަޖައްސައިފިއެވެ.

އެމްބަސީއިން މައުލޫމާތުދިން އޮފިޝަލަކު ވިދާޅުވީ މިކަމަކީ ސައުދީ ސަފީރުގެ އިސްނެންގެވުމަކަށް ފެއްޓެވި ކަމެއްކަމަށާއި މިރަމަޟާންމަހުގެ ކުރިއަށް ހުރި ދުވަސްތަކުގައި އިސްލާމީ މަރުކަޒުގައި ސައުދީ އެމްބަސީގެ ރޯދަވީއްލުން ކުރިއަށްދާނެ ކަމަށް އެފަރާތުން ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ގިނަ އަދަދެއްގެ ބަޔަކަށް ރޯދަ ވީއްލުން ދެނީ، އިސްލާމީ ދެ ގައުމުގެ ގުޅުމުގެ ތެރެއިން ރޯދަ ހަދިޔާއެއްގެ ގޮތުގަ އެވެ. އަދި މިއީ، ދިވެހިރައްޔިތުންނާ މެދު ސައުދީ އަރަބިއްޔާ އިން ބަހައްޓާ ރަހުމަތްތެރިކަން އިތުރަށް ބަދަހިކުރަން ކުރިއަށް ގެންދާ ކަމެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ސައުދީ އަރަބިޔާއިން ރާއްޖެއަށް މިއަހަރުގެ ރަމަޟާންމަހާއި ދިމާކޮށްވަނީ 50 ޓަނުގެ ކަދުރުވެސް ހަދިޔާކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.