ރާއްޖޭގެ ޚަބަރު ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކު ކަދުރު ބެހުން ކުރިއަށްދޭ: ހައުސިން މިނިސްޓްރީ

ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކު ކަދުރު ބެހުން ކުރިއަށްދޭ: ހައުސިން މިނިސްޓްރީ

ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކު ކަދުރު ބެހުން ކުރިއަށްދޭ: ހައުސިން މިނިސްޓްރީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިސްލާމީ އަރަބި ގައުމުތަކުން މި ރޯދަ މަހު ރާއްޖެއަށް ހަދިޔާކުރި ކަދުރު ބެހުން ލަސް ނުވާ ކަމަށާއި ހުކުރުދުވަސް ފިޔަވައި ހަފްތާގެ ކޮންމެ ދުވަހަކު ކަދުރު ބަހަމުންދާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީއިން މިކަމާއި ގުޅޭގޮތުން ނެރެފައިވާ ނޫސްބަޔާނެއްގައިވަނީ ރޯދަ މަހު ރާއްޖެއަށް ލިބިފައިވާ ކަދުރު ބެހުން ލަސްވަނީ އިސްލާމިކް މިނިސްޓްރީއާ ގުޅުންހުރި ބައެއްކަންކަން ހަމަނުޖެހިގެން ކަމަށް ބުނެ މީޑިއާތަކާ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާނެ ކަމަށާއި ހުކުރުދުވަސް ފިޔަވައި ހަފްތާގެ ކޮންމެ ދުވަހަކު ކަދުރު ބެހުން ކުރިއަށްދާ ކަމަށެވެ.

ކަދުރު ބެހުން ކުރިއަށްދަނީ ހައުސިން މިނިސްޓްރީގެ އާންމު ހިދުމަތްތަކާބެހޭބައި (ތައިސޭކޮށި) ގައި ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 14:00 އަށް އަދި ރޭގަނޑު 21:30 އިން 23:00 އަށްކަމަށް އެނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ހައުސިން މިނިސްޓްރީއިން އިތުރަށް ހާމަކުރިގޮތުގައި ކަދުރު ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ގޭބީސީއަކަށް 2 ކިލޯގެ 1 ޕެކެޓުކަމަށާއި ކޮންމެ މީހަކަށްވެސް ގިނަވެގެންދޫކުރާނީ 4 ގޭބީސީގެ ކަދުރު ކަމަށެވެ. ކަދުރުބަލާ އަންނައިރު ގެބީސީތަކުގެ ވެރިޔާގެ އައިޑީކާޑް ނުވަތ ކާޑުގެ ކޮޕީ ގެނައުމަށް އެމިނިސްޓްރީއިން އެދެއެވެ.

ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ ހެޔޮ އެދުންތަކާ އެކު ރާއްޖެއަށް 50 ޓަނުގެ ކަދުރު ވަނީ މިއަހަރުގެ ރޯދަ މަހު ވެސް ހަދިޔާ ކޮށްފައެވެ. އަދި ރާއްޖެއަށް ލިބުނު ކަދުރުތައް ބަހަން ސަރުކާރުން ނިންމީ ކޮންމެ ގެއަކަށް ކަދުރު ޕެކެޓެއްގެ މަގުންނެވެ.

އެެގޮތުން މާލެ އާއި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރުތައް ބަހަން ހަވާލުކުރީ ހައުސިން މިނިސްޓްރީ އަށެވެ. ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ކަދުރު ބަހަން ނިންމާފައިވާއިރު، އަތޮޅުތެރެއަށް ކަދަރު ބަހަން ހަވާލުކުރީ އަތޮޅު ކައުންސިލްތަކުންނާއި ރަށު ކައުންސިލްތައް މެދުވެރިކޮށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.