ރާއްޖޭގެ ޚަބަރު ކަނޑިތީމު މަސްޖިދުއް ތަޢުބާ ރަސްމީކޮށް ހުޅުވައިފި

ކަނޑިތީމު މަސްޖިދުއް ތަޢުބާ ރަސްމީކޮށް ހުޅުވައިފި

ކަނޑިތީމު މަސްޖިދުއް ތަޢުބާ ރަސްމީކޮށް ހުޅުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަލިފުޅު ތުއްތު ފައުންޑޭޝަނުގެ ފަރާތުން ށ. ކަނޑިތީމުގައި ބިނާ ކުރި މަސްޖިދުއް ތަޢުބާ ރަސްމީގޮތުން ހުޅުވައިފިއެވެ.

މިމިސްކިތް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް އަޙްމަދު ޒިޔާދުއެވެ. އިއްޔެ މެންދުރު ނަމާދުގެ ކުރިން މިސްކިތް ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރވަނީ އިމާމުވެ މެންދުރު ނަމާދު ކުރައްވާފައެވެ.

އަށް މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން އަލިފުޅު ތުއްތު ފައުންޑޭޝަނުން ބިނާ ކުރި މި މިސްކިތަކީ ހަތްސަތޭކަ މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މިނިސްޓަރ ވަނީ މިފަދަ މިސްކިތެއް ށ.ކަނޑީތީމުގައި ބިނާކޮށްދެއްވިކަމަށްޓަކައި އަލިފުޅު ތުއްތު ފައުންޑޭޝަނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިސްކިތް ބިނާކުރުމުގެ މަޝްރޫއް ކުރިޔަށްގެންދިޔަ އިރު ސަރުކާރުގެ އިދާރާތަކާއި، ރަށު ކައުންސިލުން ދެއްވި އެއްބާރުލުން ފާހަގަ ކުރައްވާ ޝުކުރުދަންނަވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.