މިއަހަރުގެ ރަމަޟާންމަހު ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު ދިހަޔަކުން މެންދުރުފަހު ދޭކަށް ކަމުގައި ހަމަޖައްސައިފިއެވެ.
މިކަމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަހަރުގެ ރަމަޟާން މަހުގައި ސަރުކާރުގެ ރަސްމީ ގަޑިއަކީ 10:00 އިން މެންދުރު 02:00 އާ ހަމައަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ.
އެއީ މިދިޔަ އަހަރުގެ ރޯދަ މަހުގައިވެސް ކަނޑައެޅި ސަރުކާރުގެ ރަސްމީ ގަޑިއެވެ. އެއާ އެކު މުވައްޒަފުން މަސައްކަތް ކުރަން ޖެހޭނީ ހަތަރު ގަޑިއިރެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...