ސައުދީ އަރަބިއްޔާގެ ގައުމީ އެއަލައިން، ސައުދިއާއިން މާލެއާއި ޖިއްދާއާ ދެމެދު ކުރާ ސީދާ ދަތުރުތައް ފަށައިފިއެވެ.
ސައުދިއާއިން މިދަތުރުތައް ފަށާފައިވަނީ މިމަހުގެ ނުވަވަނަ ދުވަހުއެވެ.
ސިދާ ޖިއްދާއިން މާލެއަށް ސައުދިއާގެ ދަތުރުތައް ފަށާފައިވާއިރު، ހުސްވި މާޗުމަހު، ސައުދީ އަރަބިޔާއަށް ކަނޑައަޅާފައި ހުންނަ ދިވެހި ސަފީރު އަބްދުލް ހަމީދު އަރަބް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ސައުދީ އެއަރލައިންއިން ރާއްޖެއަށްކުރާ ދަތުރުތައް އިތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.
މި ދަތުރުތަކާ އެކު ސައުދީ އަރަބިއްޔާއިން ރާއްޖެ އަންނަ ޓުއަރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެެވެ.
ޖިއްދާއާ މާލެއާ ދެމެދު ކުރާ ދަތުރުތައް އޮންނާނީ ކޮންމެ ބުދަ ދުވަހަކާއި ހޮނިހިރު ދުވަހަކު އެވެ. އަދި މާލެއާ ޖިއްދާއާ ދެމެދު ކުރާ ދަތުރުތައް އޮންނާނީ އާދިއްތަ ދުވަހާއި ބުރާސްފަތި ދުވަހު އެވެ.
ސައުދިއާގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވަނީ 2016 ވަނަ އަހަރުގެ މާޗުމަހު ރިޔާދާއި މާލެއާއި ދެމެދުއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...