ރާއްޖޭގެ ޚަބަރު

ހައްޖު ކޯޕަރޭޝަންގެ ޚިދުމަތްތައް ”ފަހެލި“ އާއި އެކު މުޅި ރާއްޖެއަށް

ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް ހުރެގެން މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހިދުމަތް ލިބިގެންދާ އެކުންފުނީގެ އޮންލައިން ޕޯޓަލް "ފަހެލި" އިފްތިތާހުކޮށްފިއެވެ. މިޕޯޓަލް އިފްތިތާހުކުރެއްވީ މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހަފްލާއެއްގައި، އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒިޔާދު ބާގިރެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމިން އިދްރީސް ވިދާޅުވީ، ހައްޖު ކޯޕަރޭޝަންގެ ހިދުމަތެއް ހޯދުމަށް ހުށަހަޅާ ނަމަ ފައިސާގެ އަމާނާތްތެރިކަމާއި ހިދުމަތުގެ ފެންވަރާ މެދު ޔަގީންކަމެއް ލިބިގެންދާނެ ކަމަށެވެ. އަދި އެކުންފުނީގެ ހިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް މިފަދަ ގިނަ ހިދުމަތްތަކެއް ތައާރަފްކުރުމަށް ނިންމާފައިވާކަމަށްވެސް ވިދާޅުވިއެވެ.

ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޔާމީން އިދްރީސް - ފޮޓޯ: ހައްޖު ކޯޕަރޭޝަން

ހައްޖު ކޯޕަރޭޝަނުން ބުނީ، އެ ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަށުގައި ތިބެގެން ހައްޖު ކޯޕަރޭޝަނަށް ރަޖިސްޓްރީކޮށް ފައިސާ ދެއްކޭއިރު، މެމްބަރުންގެ އެކައުންޓުގެ ތަފްސީލު ބަލައި ލުމާއި ހައްޖު ކޯޕަރޭޝަނުން ހުޅުވާލާ އުމްރާ ދަތުރުތަކަށް ބައިބަޔަށް ބަހާލައިގެން ފައިސާ ދައްކާ، ދަތުރުތަކުގެ ތަފްސީލް ލިބިގެންދާނެކަމަށެވެ،

އަދި އަގީގާ ކަތިލުމަށް ފުރަން ޖެހޭ ފޯމާއި އެކަމަށް ފައިސާ ދެއްކުމާއި ސަދަގާތުގެ ކަތިލުންތަކަށް ވެސް އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް މައުލޫމާތުދެއެވެ.

މިޕޯޓަލްއަށް މިވަގުތު ފައިސާ ދެއްކޭނީ ހަމައެކަނި ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ޒަރިއްޔާއިންނެވެެ. މިޕޯޓަލް އަށް ވަދެވޭނީ ހައްޖު ކޯޕަރޭޝަންގެ ވެބްސައިޓުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *