ރާއްޖޭގެ ޚަބަރު

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 35.8 މިލިއަން ރުފިޔާ ލިބިއްޖެ

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 35.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މީރާއިން އާންމުކޮށްފައިވާ މިދިޔަ މަހު އާމްދަނީ ލިބުނު ގޮތުގެ ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 35،789،558 ރުފިޔާ ލިބުނު އިރު 3004 ޑޮލަރު ލިބިފައިވެއެވެ.

މިދިޔަ އަހަރު ސަދަގާތުގެ ގޮތުގައި މީރާއަށް 40،576 ރުފިޔާ ލިބިފައިވެއެވެ.

މީރާއިން ހާމަކުރި ގޮތުގައި މިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި 6.6 މިލިއަން ރުފިޔާ ލިބުނުއިރު އޭގެ ތެރޭގައި 50 ޑޮލަރު ހިމެނެއެވެ. އަދި މިދިޔަ މަހު ސަދަގާތުގެ ގޮތުގައި 11،154 ރުފިޔާ ލިބިފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި 2015 ވަނަ އަހަރުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 41 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ. އަދި އޭގެ ތެރެއިން 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ފަގީރުންނަށް ބަހަން ހަމަޖައްސާފައިވާ ކަމަށް މިދިޔަ އަހަރު އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *