މޯލްޑިވްސް އިސްލާމިކް ބޭންކް އެމްއައިބީ އިން ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ ގައި ކިޔެވުމަށް ހުޅުވާލާފައިވާ ސްކޯލާޝިޕް ތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބެޗެލާރ އޮފް އިސްލާމިކް ފައިނޭންސްގެ މި ފަސް ކޯހަކީ ތިން އަހަރު ދުވަހުގެ ކޯސްތަކެކެވެ.
މި ކޯޯސްތައް ކުރިއަށް ދާނީ އިސްލާމީ ޔުނިވާސިޓިގައެވެ. އިސްލާމިކް ބެންކްގެ މުވައްޒަފުންނާއި ބޭންކްގެ މުވައްޒަފުންގެ އަނބިންނާއި، ފިރިން އަދި އެއްބަނޑު އެއްބަފާ މީހުންނަށް ކޯހަށް ކުރިމަތި ނުލެވޭނެކަމަށް ބުނެފައިވާއިރު، ކޯހަށް ދަރިވަރުން ހޮވުމުގައި އެ ކުއްޖެއްގެ މާލީ ހާލަތަށް ބަލާނެކަމަށް ބުނެފައިވެއެވެ.
ކޯސް ލިބޭ ދަރިވަރު ރާއްޖެގެ އެހެން ރަށެއްގައި ދިރިއުޅޭނަމަ، ކޯސް ލިބުމުން މާލެ ބަދަލުވާތީ، އެކުއްޖަކަށް އެސްޓެބްލިޝްމެންޓް އެލަވެންސް ގެ ގޮތުގައި 2000 ރުފިޔާ، އެރައިވަލް އެލަވެންސް ގެ ގޮތުގައި 1750 ރުފިޔާ އަދި ލެޕްޓޮޕް އެލަވެންސްގެ ގޮތުގައި 7000 ރުފިޔާ ދޭނެ ކަމަށް ސްކޮލާޝިޕްތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާ، އައިޔޫއެމް އިން ކޮށްފައިވާ އިއުލާނުގައި ވެއެވެ.
މީގެ އިތުރުން ކޮންމެ ސެމިސްޓާއަކުވެސް ބުކް އެލަވެންސްގެ ގޮތުގައި 1000 ރުފިޔާ، ކޮންމެ މަހަކު ޕޮކެޓްމަނީ ގެ ގޮތުގައި 1000 ރުފިޔާ އަދި އަހަރަކު އެއްފަހަރު ރަށަށް ދިއުމަށް ގިނަވެގެން 3500 ރުފިޔާ ދޭން ވަނީ ނިންމައިފައެވެ.
ކޯސް ލިބޭ ފަރާތްތަކުން ކޯސް ފުރިހަމަ ކުރުމަށްފަހު ދެ އަހަރު ވަންފެން އެމްއައިބީ އަށް ހިދުމަތް ކުރަން ޖެހެއެވެ. ކޯހަށް ކުރިމަތި ލުމުގެ ޝަރުތަކީ ބެޗެލާސް ޑިގްރީ ކޯސްތަކަށް ކުރިމަތިލާ މީހުންގެ ޝަރުތެވެ. ސުންގަޑިއަކީ ޑިސެމްބަރ 22 ވަނަ ދުވަހުގެ 14:00 އެވެ.

















ޚިޔާލު