ރާއްޖޭގެ ޚަބަރު

ދިވެހި އިމާމުން ތަމްރީނުކުރުމަށް މައްކާއަށް ފޮނުވަނީ

އިމާމުންނަކީ ތަޢުލީމީ ޤާބިލް ބަޔަކަށް ހެދުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދަވާ ޕްރޮގްރާމްގެ ދަށުން، އިމާމުން ތަމްރީނުކުރުމަށް މައްކާ އަށް ފޮނުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ބުނެފިއެވެ.

އިމާމުންގެ ގޮތުގައި މިހާރު ޚިދުމަތުގައި ތިއްބެވި އިމާމުން ޑިޕްލޮމާ ފެންވަރަށް ތަމްރީނުކޮށްް އިމާމުން އުފެއްދުމަށް އަންނަ އަހަރު މަސައްކަތްތަކެއް ކުރާނެ ކަމަށާއި   މައްކާގެ އުއްމުލް ޤުރުއާން ޔުނިވަރސިޓީއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ މި ތަމްރީނުތަކުގައި ބައިވެރިވާ ރަތަމަ ބެޗްގައި ހިމެނޭ އިމާމުން މައްކާ އަށް ފުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް އިސްލާމިކް އެފެއާޒުން ބުނެއެވެ.

އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ވަހީދާ ހަވާލާދީ ޕީއެސްއެމް އިން ބުނެފައިވަނީ ތަމްރީނަށް މައްކާއަށް ފޮނުވާ އިމާމުންގެ ފުރަތަމަ ބެޗުގައި ހިމެނެނީ މާލެ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި މަސައްކަތްކުރާ އިމާމުން ކަމަށެވެ.

މީގެ އިތުރުން އިމާމުން ތާޒާ ކުރުމުގެ ޕްރޮގްރާމާއި، ވާއިޒުން ތަމްރީނު ކުރުމަށް މިސްރުގެ އަޒްހަރު ޔުނިވަރސިޓީއަށް ފޮނުވުމަށް ނިންމާފައިވާކަމަށްވެސް އިސްލާމިކް އެފެއާޒުން ވަނީ ބުނެފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *