11 ފިރިހެނުންވެގެން 17 އަހަރުގެ އަންހެން 'ކުޑަކުޑަ' ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގައިފިއެވެ.
ހަބަރު ލިބޭގޮތުގައި މިކަން ހިނގާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު މާލޭގައެވެ. ޕޮލިހުން ހާމަކުރައްވާގޮތުގައި މިކަން ހިންގާފައިވަނީ "އަންހެން ކުއްޖާ އޭނާގެ ރައްޓެއްސަކާ އެކު ގެސްޓް ހައުސްއަކަށް ދިއުމުން އެތަނުގައި ތިބި ގިނަ އަދަދެއްގެ ފިރިހެނުންތަކެއް އެކުވެގެން" ކަމަށާއި " މިހާދިސާގެ ތަހުގީގު ކުރުއަށް ދާތީވެ އިތުރުމައުލޫމާތް ދެވެން ނެތް" ކަމަށެވެ. މިމައްސަލައަށްފަހު ފުލުހުން އިލްތިމާސްކޮށްފައިވަނީ "އަންހެން ކުދިން އެކަނި ނުވަތަ އިތުބާރު ނުކުރެވޭ މީހުންނާއެކު ބޭރަށް ނުފޮނުވުމަށެވެ."
ފަހަކަށް އައިސް ރާއްޖޭގައި 17 އަހަރު ނުވާ ކުޑަކުދިން ބަނޑުބޮޑުވުމާއި ބަދުއަހުލާގީ އަމަލު ހިންގުން ވަނީ އާންމުވެފައެވެ. މިފަދަ ކަންކަން ގިނައިން ހިނގާފައިވަނީ އަންހެނުންކުދިން ހައްދައިގެންކަން ފާހަގަކުރެވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...