ދިއިސްލާމް އިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލައި މާލޭގައި އެއްވުމެއް ބާއްވައިފި

އިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލައި މާލޭގައި އެއްވުމެއް ބާއްވައިފި

އިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލައި މާލޭގައި އެއްވުމެއް ބާއްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

މުޒާހަރާގެ ތެރެއިން. ދިއިސްލާމް ފޮޓޯ: މުހައްމަދު އާދަމް (އުޑޭ)

ފޮޓޯ ބައްލަވާ: އިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލައި މާލޭގައި ބޭއްވިި ހިނގާލުން

17:50

މަޣްރިބް ނަމާދަށް އެއްވުން މެދުކަނޑާލައިފި. މިރޭ 21:00 ގައި ސުނާމީ ބިނާ ކައިރިއަށް އަނެއްކާވެސް އެއްވާނެ ކަމަށް ހަރަކާތުގެ ބައިވެރިން ބުނޭ. 

17:41

ކުރިން ފިޒެސް ކަންމަތީގައި އޮތް ފުލުހުންގެ ވެހިކަލް މިހާރު ޔޫއެން ބިލްޑިން އާ ދިމާ ބުރުޒު މަގު ކަންމައްޗަށް ހުރަސްކޮށްފި. ސެޕެޝަލް ފޯސް ފުލުހުން ދަނީ އެތަނުގައި ހަރަކާތްތެރިވަމުން.

17:37

ހަރަކާތުގެ ބައިވެރިން ޔޫއެން ބިލްޑިންގ ދޮށަށް ގޮސް އަޑުއުފުލަން ފަށައިފި.

17:35

އެއްވެފައިތިބި މީހުން ޔޫ.އެން ބިލްޑިންގ ދޮށަށް ދާން އަނެއްފާރާތުން ކައިރިކުރުމުން އަނެއްކާވެސް ފުލުހުންގެ ވެހިކަލަކާއި ޕިކަޕެއް ހުރަސްކޮށްފި. ބައިވެރިން ދަނީ އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ހައިކޮމިޝަނަރު ޕިއްލޭ އިސްލާމްދީނަށް ފުރައްސާރަކޮށްފައި ވާތީ އޭނާ ހައްޔަރުކުރުމަށް ގޮވާލަމުން.

މިއެއްވުމުގައި މިހާތަނަށް އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވޭ.

17:25

އެއްވުމުގެ ބައިވެރިން ބިލަބޮން ހައި ސްކޫލު ކައިރީގައި ތިބޭ ޝުޢޫރުފާޅުކުރަމުން އެބަދޭ

17:20

އެއްވުމުގެ ބައިވެރިން ވަނީ ސުނާމީ ބިނާ ސަރަހައްދުން ޔޫއެން ބިލްޑިންގ އާއި ދިމާއަށް މިސްރާބު ޖަހާފައި. ނަމަވެސް، ޔޫއެން ބިލްޑިންގ ހިމެނޭ ސަރަހައްދު ފުލުހުން ބަންދުކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބޭ.

16:50

ރާއްޖޭގައި އިސްލާމްދީނާ ދެކޮޅަށް ބަޔަކު މަސައްކަތްކުރަމުންދާތީ އެކަމާ ދެކޮޅުހަދައި އަޑުއުފުލުމުގެ ގޮތުން "އިސްލާމްދީނުގެ ޙިމާޔަތުގައި ދިވެހިން" މި ނަމުގައި މާލޭ ސުނާމީ ބިނާ ސަރަހައްދަށް ޒުވާނުން އެއްވެ ޝުއޫރުފާޅުކުރަމުން އެބަދޭ.

މިހާރު ރާއްޖެ އައިސް އުޅޭ އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ހައިކޮމިޝަނަރު ޕިއްލޭ ރައްޔިތުންގެ މަޖިލީހުގައި އަދި ރާއްޖޭގައި ހުންނަ އދ. ގެ ޢިމާރާތުގައި އިއްޔެ ވާހަކަދައްކަމުން އިސްލާމްދީނަށާއި، ރާއްޖޭގެ ޤާނޫނު އަސާސީ އަށް ފުރައްސާރަކޮށް އެއްޗެހި ކިޔާފައިވާތީ އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ހަރަކާތުގެ ބައިވެރިން ދަނީ ގޮވާލަމުން.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.