ސުވާލު:
އެއްޖިންސުން ގުޅުން ހިންގުމުގެ އަދަބަކީ ކޮބައިތޯ؟
ޖަވާބު:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد
ލިވާޠަކީ އެންމެ ބޮޑުވެގެންވާ އެއް ޖަރީމާ އެވެ. އެންމެ ހަޑިހުތުރުކަން ބޮޑު އެއް ފާފަ އެވެ. އެންމެ ނުބައިފާފަ ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ދުވަހަކުވެސް އެއްވެސް ގައުމެއްގެ މީހުންގެ މައްޗަށް ނުފޮނުއްވާ ވަރުގެ ވަރުގަދަ ކޯފާ އާއި ޢަޛާބު ލިވާޠު ކުރަމުން ދިޔަ ގައުމެއްގެ މީހުންގެ މައްޗަށް ފޮނުއްވިއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅަމެން އެންމެން އެފަދަ ނުބައި ކަންތަކުން ދުރުހެލި ކުރައްވާ ސަލާމަތް ކުރައްވާށިއެވެ.
ސޫރަތުލް އަޢްރާފް ގެ 80 އިން 84 ވަނަ އާޔަތް ތަކުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلُوطًا إِذْ قَالَ لِقَوْمِهِ أَتَأْتُونَ الْفَاحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ الْعَالَمِينَ ﴿٨٠﴾ إِنَّكُمْ لَتَأْتُونَ الرِّجَالَ شَهْوَةً مِّن دُونِ النِّسَاءِ ۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ ﴿٨١﴾
وَمَا كَانَ جَوَابَ قَوْمِهِ إِلَّا أَن قَالُوا أَخْرِجُوهُم مِّن قَرْيَتِكُمْ ۖ إِنَّهُمْ أُنَاسٌ يَتَطَهَّرُونَ ﴿٨٢﴾ فَأَنجَيْنَاهُ وَأَهْلَهُ إِلَّا امْرَأَتَهُ كَانَتْ مِنَ الْغَابِرِينَ ﴿٨٣﴾ وَأَمْطَرْنَا عَلَيْهِم مَّطَرًا ۖ فَانظُرْ كَيْفَ كَانَ عَاقِبَةُ الْمُجْرِمِينَ ﴿٨٤﴾) މާނައަކީ: " އަދި لوط ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުންގެ ކުރިން، عالم ތަކުގެ ތެރެއިން އެކަކުވެސް ކޮށްފައިނުވާ فاحش عمل ތިޔަބައިމީހުން ކުރަނީހެއްޔެވެ؟ ހަމަކަށަވަރުން، ތިޔަބައިމީހުން شهوانى ގޮތުން، އަންހެނުން ދޫކޮށް، ފިރިހެނުންނާ ގާތްވަމުއެވެ. އަދި ކިއެއްތަ ތިޔަބައިމީހުންނީ ފާފަކުރުމުގައި ހައްދުފަހަނަޅައިފައިވާ ބަޔަކީމުއެވެ. އެކަލޭގެފާނުގެ (އެބަހީ: لوط ގެފާނުގެ) قوم ގެމީހުންގެ ޖަވާބު ކަމުގައި އެއުރެންގެ މި ބުނުން ނޫނީ ނުވެތެވެ. ތިޔަބައިމީހުންގެ ރަށުން، އެއުރެން (އެބަހީ: لوط ގެފާނާއި، އެކަލޭގެފާނަށް إيمان ވެގެން ތިބިމީހުން) ބޭރުކޮށްލާށެވެ! ހަމަކަށަވަރުން، އެއުރެންނަކީ، طاهر ވެގަންނަ ބަޔެކެވެ. ފަހެ، އެކަލޭގެފާނުގެ އަނބިކަނބަލުން ފިޔަވައި، އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهل ވެރިން، ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. އެކަނބުލޭގެވީ، ހަލާކުވެދިޔަ މީހުންގެ ތެރެއިންނެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް (ހިލައިގެ) ވާރެއެއް ވެއްސެވީމެވެ. ފަހެ، ކުށްވެރިންގެ ނިމުންހުރީ ކިހިނަކުންކަން، ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ!"
އަލްޙިޖްރު ސޫރަތުގެ 72 އިން 76 އަށް ވަޙީ ކުރައްވާފައިވެއެވެ. (لَعَمْرُكَ إِنَّهُمْ لَفِي سَكْرَتِهِمْ يَعْمَهُونَ ﴿٧٢﴾ فَأَخَذَتْهُمُ الصَّيْحَةُ مُشْرِقِينَ ﴿٧٣﴾ فَجَعَلْنَا عَالِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهِمْ حِجَارَةً مِّن سِجِّيلٍ ﴿٧٤﴾ إِنَّ فِي ذَٰلِكَ لَآيَاتٍ لِّلْمُتَوَسِّمِينَ ﴿٧٥﴾ وَإِنَّهَا لَبِسَبِيلٍ مُّقِيمٍ ﴿٧٦﴾) މާނައަކީ: "ކަލޭގެފާނުގެ حياة ޕުޅު ގަންދެއްވައި وحى ކުރައްވަމެވެ. ހަމަކަށަވަރުން، އެއުރެންވަނީ، އެއުރެންގެ މަސްތުގެތެރޭގައި، حيران ވެ، ދެފުށުއެޅޭ حال ގައެވެ. ފަހެ، އިރުއެރި ވަގުތުގައި ގަދަފަދައަޑު (އައިސް) އެއުރެން ހަލާކުކުރިއެވެ. ފަހެ، ތިމަންރަސްކަލާނގެ އެ ރަށުގެ، މައްޗަށްއޮތްފުށް ވަތަށްއޮތްފުށްކަމުގައި ލެއްވީމެވެ. އަދި އަލިފާނުން ދޮންކުރައްވާފައިވާ މަށީގެ ހިލައިން ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ވާރޭ ވެއްސެވީމެވެ. ހަމަކަށަވަރުން، އެކަންތަކުގައި، ވިސްނައި ފިކުރުކުރާ މީހުންނަށް ހެކިތަކެއްވާކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، އެ ރަށްވަނީ ސާބިތުވެ ފެންނަންއޮތް މަގެއްގައިކަން ކަށަވަރެވެ".
وروى الترمذي (1456) وأبو داود (4462) وابن ماجه (2561) عَنْ ابْنِ عَبَّاسٍ رضي الله عنهما قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( مَنْ وَجَدْتُمُوهُ يَعْمَلُ عَمَلَ قَوْمِ لُوطٍ فَاقْتُلُوا الْفَاعِلَ وَالْمَفْعُولَ بِهِ ) وصححه الألباني في صحيح الترمذي މާނައަކީ: "ތިރްމިޛީ އާއި އަބޫދާވޫދު އަދި އިބްނު މާޖާ، އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާ ކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ލޫޠުގެފާނުގެ ގައުމުގެ މީހުންގެ ޢަމަލު ކުރާ މީހަކު ފެނިއްޖެނަމަ އެކަން ކުރާ މީހާ އާއި ކުރެވޭ މީހާ ގަތުލުކުރާ ހުށިކަމެވެ". މިޙަދީޘަކީ ޝައިޚް އަލްބާނީ-ރަޙިމަހުﷲ- ޞަޙީޙުއް ތިރްމިޛީގައި ޞަޙީޙް ކަމަށް ބަޔާން ކުރައްވާފައިވާ ޙަދީޘެކެވެ.
وروى أحمد (2915) عَنِ ابْنِ عَبَّاسٍ رضي الله عنهما أَنَّ نَبِيَّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( لَعَنَ اللَّهُ مَنْ عَمِلَ عَمَلَ قَوْمِ لُوطٍ ، لَعَنَ اللَّهُ مَنْ عَمِلَ عَمَلَ قَوْمِ لُوطٍ ، ثَلاثًا ) މާނައަކީ: "އިމާމް އަޙްމދު-ރަޙިމަހުﷲ- އިބްނު ޢައްބާސް-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ. މާތް ﷲ ގެ ނަބިއްޔާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ލޫޠުގެފާނުގެ ގައުމުގެ މީހުންގެ ޢަމަލު ކުރާ މީހުންނަށް މާތް ﷲ ލަޢްނަތް ލެއްވިއެވެ. ލޫޠުގެފާނުގެ ގައުމުގެ މީހުންގެ ޢަމަލު ކުރާ މީހުންނަށް މާތް ﷲ ލަޢްނަތް ލެއްވިއެވެ. ލޫޠުގެފާނުގެ ގައުމުގެ މީހުންގެ ޢަމަލު ކުރާ މީހުންނަށް މާތް ﷲ ލަޢްނަތް ލެއްވިއެވެ". މިފަދައިން ތިންފަހަރު ތަކްރާރު ކުރެއްވިއެވެ".
ލިވާޠު ކުރާ މީހާގެ އަދަބަކީ ގަތުލު ކުރުން ކަމުގައި ހުރިހާ އަޞްޙާބުން އިޖްމާޢުވެލައްވައެވެ. އެހެންނަމަވެސް ގަތުލުކުރާނީ ކޮންގޮތަކަށް ކަމާއި މެދުގައި އެބޭކަލުން އިޚްތިލާފުވެލެއްވިއެވެ. ޢަލީ އަދި އަބޫބަކްރި- ރަޟިޔަﷲ ޢަންހު- ވިދާޅުވަނީ އެފަދަ މީހުން އަލިފާނަށް ލާ އަންދާލުމަށެވެ. އިބްނު ޢައްބާސް ވިދާޅުވަނީ އުސްތަނަކުން ވައްޓާލުމަށްފަހު އޮއްގަލުން ތަޅާ މަރާލުމަށެވެ. ޢަލީ އަދި އިބްނު ޢައްބާސްގެ ކިބައިން އެހެން ރިވާޔަތެއްގައިވެއެވެ. މަރުވަންދެން އޮއްގަލުން ތަޅާ ރަޖަމް ކުރާނީއެވެ.
ލިވާޠުގެ ޢަމަލު ހިންގައިފައިވާ މީހާ އަށް ވެސް ތައުބާ ވުމުގެ ފުރުޞަތު އެބަ އޮތެވެ. އައްޒުމަރު ސޫރަތުގެ 53 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّـهِ ۚ إِنَّ اللَّـهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ) މާނައަކީ: " ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ".
ފިރިމީހާ އަކީ ލިވާޠު ކުރާ މީހެއް ކަން ޔަގީންވެއްޖެނަމަ އެކަމުން ތައުބާ ވުމަށް އޭނާ އަށް ނަޞޭޙަތް ދޭންވާނެއެވެ. އެވަރުންވެސް އޭނާ އިޞްލާޙު ނުވެއްޖެނަމަ ވަރިއަށް އެދެން ޖެހޭނެއެވެ. އަދި ވަރިނުކޮށްފިނަމަ ކޯޓު މެދުވެރިކޮށް ނަމަވެސް ވަރިވާން ޖެހޭނެއެވެ. އެފަދަ މީހުންނާއި ކައިވެނީގެ ގޮތުން ގުޅިގެން އުޅުން މުސްލިމް އުޚްތުންނަށް ހުއްދަވެގެން ނުވެއެވެ. والله أعلم

















advertisment
އެއްޖިއްސުން ގުޅުން ހިންގާ އަންހެނާގެ ހުކުމަކީ ކޮބާ. މިލިޔުން ދޭހަވަނީ ހަމައެކަނި އެއްޖިއްސުން ފިރިހެނުން ގުޅުން ހިންގީމަ ވާގޮތް